ނަރަކައަށް ދިޔަ މީހެއްގެ ފަސާދަ ކުރަނިވި އަމަލުތައް

އީރާނާ ދެކޮޅަށް ސޮލީބީ ސަހުޔޫނީ ހަނގުރާމަ ކުރުމަށް ވަކާލާތު ކުރި، މިހާރު ދުނިޔެއިން ނެތިފައިވާ އެމެރިކާގެ ކުރީގެ ސެނެޓަރު ލިންޑްސީ ގްރަހަމްގެ ވާހަކަ ކިޔައިދޭ އާ ޑޮކިއުމެންޓްރީއެއް އާންމުކޮށްފިއެވެ.

އެމެރިކާގެ ސިޔާސީ މަސްރަހުގައި ޒަޔަނިސްޓުންގެ ފިކުރު ފެތުރުމަށް މަސައްކަތް ކުރި ހަރުކަށި ސިޔާސަތުތަކަކަށް ތާއީދު ކުރި ލިންޑްސީ ގްރަހަމް، އީރާނާ ދެކޮޅަށް ސޮލީބީ ސަހުޔޫނީ ހަނގުރާމައަކަށް ދިއުމަށް ކުރި މަސައްކަތްތަކަކީ "އޭނާގެ ހަޔާތުގައި ފަސާދަ ކުރުމަށް ކުރެއްވި އެންމެ އަރައި ހުރި މަސައްކަތް" ކަމަށް އެ ޑޮކިއުމެންޓްރީގައި ވަނީ ސިފަކޮށްފައެވެ.

"ލިންޑްސީސް ގޭމް" ލިންޑްސީގެ ކުޅިވަރުތަކުގެ ނަމުން ނަން ދީފައިވާ އެއްޖިންސުން ގުޚޅުން ހިންގާ ކަމަށް މީޑިއާއިން ތުހުތު ކުރާ މީހާއާ ބެހޭ މި ޑޮކިއުމެންޓްރީއަކީ އިނގިރޭސިވިލާތުގެ ޑައިރެކްޓަރު އެލެކްސް ހޯލްޑާ، ރިކޯޑް ކޮށްފައިވާ ވީޑިއޯތަކުން ހަދާފައިވާ ޑޮކިއުމެންޓްރީއެކެވެ. އޭނާ ވަނީ ގްރަހަމްގެ ފަހަތުން ގިނަ އަހަރުތަކެއް ވަންދެން ހަރަކާތްތެރިވެފައެވެ. އަދި، 400 ގަޑިއިރަށް ވުރެ ގިނަ ފުޓޭޖް ރެކޯޑްކޮށްގެން ތައްޔާރުކޮށްފައިވެއެވެ.

މި ޑޮކިއުމެންޓްރީގެ މައިގަނޑު ކަންތައްތައް:

  • ދެވަނަ ބޮޑު ހަނގުރާމައާ އެއްގޮތްކުރުން: އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއަކީ ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރުގެ އެމެރިކާގެ ރައީސް ފްރޭންކްލިން ރޫޒްވެލްޓާއި އިނގިރޭސި ބޮޑުވަޒީރު ވިންސްޓަން ޗާޗިލް ފަދަ ލީޑަރުން ކަމަށް ގްރަހަމް ސިފަ ކުރެ އެވެ.

  • އީރާނާ ދެކޮޅު ހަނގުރާމަ: ގްރަހަމް ވަނީ އީރާނާ ދެކޮޅަށް ހަނގުރާމަ ކުރުމަކީ ކުރަން ޖެހޭ ދީނީ ކަކެއް ކަމަށް ބުނެ އެކަމަށް ބާރުއަޅާފައެވެ. އެގޮތުން، 3-4 ހަފުތާގެ ތެރޭގައި އީރާނުގެ ބައެއް ރަށްތަކުގެ ކޮންޓްރޯލް ގެއްލޭވަރަށް ބިޮންއަޅައި އެތަންތަން ސުންނާފަތި ކުރުމަށް އޭނާ ރޭވިކަމަށް ކަމަށް އެމެރިކާގެ ސަލާމަތީ މުޝީރު ޖޭކް ސުލިވަންއާއެކު އޭނާ ދެއްކި ވާހަކަތަކެއް ފިލްމުގައި ހިމެނެއެވެ.

  • ޓްރަމްޕާއެކު އޮތް ގުޅުން: ޓްރަމްޕާއި ގްރަހަމްގެ ހިޔާލުތަފާތުވުންތައް ހުރިނަމަވެސް، ޒަޔަނިސްޓުންނަށް ގުލާނު ކޮށްދިނުމުގައި ދެމީޙުންގެ ފިކުރު އެއްގޮތް ވުމުން ޓްރަމްޕް ގްރަހަމަށް އިތުބާރު ކުރެއްވި ކަމަށް އެނގެއެވެ.

  • ޑޮކިއުމެންޓްރީ ތައްޔާރުކުރުމުގެ މަގްސަދު: މި ފިލްމު ހެދުމަށް ގްރަހަމް އެއްބަސްވީ އޭނާގެ ސިޔާސީ ފަސާދަ ކުރުމުގެ ޒަޔަނިސްޓު ތަރިކަ ރެކޯޑްކޮށް، އޭނާއަށް އަހަރުތަކެއް ވަންދެން ސްޕޮންސާ ކުރި އައިޕެކްއާއި ޔަހޫދީ ޒަޔަނިސްޓުންނަށް ވަފާތެރިކަން ސާބިތުކޮށް ދިނުމުގެ ގޮތުންނެވެ.

މިދިޔަ މަހު އުމުރުން 71 އަހަރުގައި ނެތިކުރެއްވި ގްރަހަމްއަކީ ރިޕަބްލިކަން ޕާޓީގެ ތެރޭން އެންމެ ބޮޑަށް މުސްލިމުންނާ ހަތުރުވެރި އަދި ޒަޔަނިސްޓުންނަށް އެންމެ ބޮޑަށް ވިކިފައިވާ މީހާއެވެ. މި ފިލްމު ފުރިހަމައަށް އާންމުކުރުމަށް ވަނީ އަދި ދުވަސްކޮޅެއް ފަހުންނެވެ.

ހިއްސާ ކުރައްވާ!