ސޮލީބީ ހަނގުރަމައަށް ރައްޔިތުންގެ ތާއީދެއް ނެތް

އީރާނާ ދެކޮޅަށް އެމެރިކާއިން ކުރަމުންދާ ހަނގުރާމައާ ގުޅޭގޮތުން "ރޮއިޓާސް/އިޕްސޯސް" އިން ކުރި އާ ސާވޭއަކުން ދައްކާ ގޮތުގައި، މި ހަނގުރާމައަށް ތާއީދުކުރަނީ އެމެރިކާގެ ކޮންމެ ތިން މީހަކުން އެކަކު (33%) އެވެ. މިއީ މީގެ 5 މަސް ކުރިން މި ހަނގުރާމަ ފެށުނު ފަހުން މިފަދަ ސާވޭއަކުން ދެއްކި އެންމެ ދަށް ނަތީޖާއެވެ.

ސާވޭގެ މުހިންމު ނަތީޖާތައް:

  • އަމާޒު އޮޅުންބޮޅުންވުން: ސާވޭގައި ބައިވެރިވި ގިނަ މީހުން ގަބޫލުކުރަނީ، އީރާނާ ދެކޮޅަށް ހަނގުރާމަ ކުރުމުގެ ފަހަތުގައިވާ ހަގީގީ މަގްސަދުތައް ރައީސް ޑޮނަލްޑް ޓްރަމްޕަށް ރައްޔިތުންނަށް ސާފުކޮށްދެވިފައި ނުވާ ކަމަށެވެ. އެގޮތުން، 69 ޕަސެންޓް އެމެރިކާ ރައްޔިތުން (މީގެ ތެރޭގައި 40 ޕަސެންޓް ރިޕަބްލިކަން ޕާޓީގެ މީހުން ވެސް ހިމެނޭ ގޮތަށް) ބުނަނީ ޓްރަމްޕްގެ އަމާޒުތައް ސާފު ނޫން ކަމަށެވެ.

  • ޓްރަމްޕްގެ މަގުބޫލުކަން: މި ހަނގުރާމައާ މެދު ހިތްހަމަނުޖެހުންތަކެއް ހުރި ނަމަވެސް، ރައީސް ޓްރަމްޕްގެ މަގުބޫލުކަން ވަނީ 37 ޕަސެންޓަށް އިތުރުވެފައެވެ. މިއީ މިދިޔަ މަހާ އަޅާބަލާއިރު 3 ޕަސެންޓްގެ ކުރިއެރުމެކެވެ.

  • ތާރީހީ ނަތީޖާތަކާ އަޅާކިޔުން: މި ހަނގުރާމައަށް އޮތް ތާއީދު 40 ޕަސެންޓަށް ވުރެ ދަށުގައި ހުރުމަކީ، މީގެ ކުރިން އެމެރިކާއިން ކުރި ހަނގުރާމަތަކާ އަޅާބަލާއިރު ވަރަށް ބޮޑު ތަފާތެކެވެ. މިސާލަކަށް، 2003 ވަނަ އަހަރު ފެށި އިރާގު ހަނގުރާމައަށް ފުރަތަމަ މަސްތަކުގައި 70 ޕަސެންޓް މީހުންގެ ތާއީދު އޮތްއިރު، 2001 ވަނަ އަހަރު ފެށި އަފްޣާނިސްތާން ހަނގުރާމައަށް 90 ޕަސެންޓް ތާއީދު އޮތެވެ.

ވައިޓް ހައުސްގެ ރައްދު:

މި ސާވޭގެ ނަތީޖާއާ ގުޅޭގޮތުން ވައިޓް ހައުސްގެ ތަރުޖަމާނު އޮލިވިއާ ވެލްސް ވިދާޅުވީ، ރައީސް ޓްރަމްޕް ނިންމަވާ ނިންމެވުންތަކަކީ "އިރުއިރުކޮޅާ ބަދަލުވާ ފަދަ ވޯޓުތަކަށް" ބަލައިގެން ނިންމަވާ ނިންމެވުންތަކެއް ނޫން ކަމަށެވެ. އަދި އީރާނުން ނިއުކްލިއާ ހަތިޔާރު ހޯދުން ހުއްޓުވުމަކީ އެމެރިކާގެ ސަލާމަތަށްޓަކައި ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށް އޭނާ ތަކުރާރުކުރެއްވިއެވެ!

ޓްރަމްޕް މި ހަނގުރާމައާ ގުޅޭގޮތުން އެކި ފަހަރު އެކި ގޮތްގޮތަށް ހޮޅިކޮށް ވާހަކަ ދައްކަވާފައިވާއިރު، އޭގެ ތެރޭގައި އީރާނުގެ ވެރިން ބަދަލުކުރުމާއި، މިސައިލްތައް ނައްތާލުމާއި، ނިއުކްލިއާ ހަތިޔާރު ހޯދުން ހުއްޓުވުން ފަދަ ތަފާތު ގޮދުތައް ހަދައިގެން ވާހަކަ ފެތުރުން ހިމެނެއެވެ.

ހިއްސާ ކުރައްވާ!