ރިވޮލިއުޝަނަރީ ގާޑުން އެމެރިކާގެ އަސްކަރީ ބޭހަކަށް ބެލިސްޓިކް މިސައިލް ހަމަލާތަކެއް ދީފި

އީރާނުގެ ޓީވީން ބުނި ގޮތުގައި، ޖޯޑަންގައި ހުންނަ އެމެރިކާގެ ވައިގެ އަސްކަރީ ބޭހަކަށާއި އެމެރިކާގެ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) ގެ މަރުކަޒަށް އީރާނުގެ ރިވޮލިއުޝަނަރީ ގާޑުން ބެލިސްޓިކް މިސައިލްތަކެއް ފޮނުވާލައި ހަމަލަ ދީފި އެވެ.

މީގެ ކުރިން އެމެރިކާގެ ސެންޓްރަލް ކޮމާންޑުން ބުނެފައި ވަނީ، މެދުއިރުމަތީގައި ގާއިމްވެ ތިބި އެމެރިކާގެ ސިފައިންނަށް ކުއްލި ހަމަލާއެއް ދިނުމަށްޓަކައި އީރާނުގެ ރިވޮލިއުޝަނަރީ ގާޑުން އީރާނުން ބެލިސްޓިކް މިސައިލްތަކެއް ފޮނުވާލާފައިވާ ކަމަށެވެ. އެކަން ނާކާމިޔާބު ކޮށްފައިވާނެ ކަމަށެވެ.

ސީއެންއެން އިން އެމެރިކާގެ އޮފިޝަލަކާ ހަވާލާދީ ރިޕޯޓްކޮށްފައިވާ ގޮތުގައި، މި ސަރަހައްދުގައި ތިބި އެމެރިކާގެ ސިފައިންނަށް އަމާޒުކޮށް އީރާނުން ދިން ކަމަށް ސެންޓްކޮމް އިން އިއުލާންކުރި މި ހަމަލާގައި ބޭނުންކޮށްފައި ވަނީ ގާތްގަނޑަކަށް ހަތަރު ބެލިސްޓިކް މިސައިލް ކަމަށް އަންދާސީ ހިސާބުތަކުން ދައްކަ އެވެ.

ހިއްސާ ކުރައްވާ!