އަލްއުދައިދުގެ ރޭޑާ ސިސްޓަމް ގޮއްވާލި ޕައިލެޓާ އީރާނުން ހަވާލު ވަނީ

އެމެރިކާގެ ސޮލީބީ ހަނގުރާމައިގައި އެމެރކާއަށް އީރާނުން އެންމެ ބޮޑު ގެއްލުމެއް ދީފައިވަނީ ޤަތަރުގެ އަލްއުދައިދު އަސްކަރީމަރުކަޒަށް ދިން ހަމަލާގައެވެ. މި ހަމަލާގައި އީރާނުން ވަނީ އެމެރިކާގެ ބިލިއަން ޑޮލަރުގެ އަގުހުރި ރޭޑާ ސިސްޓަމެއް އެއްކޮށް ހަލާކުުކޮށްލާފައެވެ.

މި ހަމަލާ ދީފައި ވަނީ އީރާންގެ ދެ ފައިޓާ ޖެޓަކުންނެވެ. އެއިން އެއް ފައިޓާ ޖެޓްގެ ކެޕްޓަން ވަނީ އެ އޮޕަރޭޝަންގައި ޝަހީދުކޮށްލާފައެވެ. އެއީ ޝަހީދު ބްރިގޭޑިއާ ޖެނެރަލް މަޖީދު ކާޒިމީ އެވެ. ކާޒިމީއަކީ މިއަހަރުގެ މާޗް މަހުގެ 2 ވަނަ ދުވަހު އަލްއުދައިދު އެއާ ބޭހަށް ހަމަލަ ދިން އީރާނުގެ އެސްސޫ-24 ފައިޓާ ޖެޓްގެ ޕައިލެޓެވެ.

އީރާންގެ މީޑިއާއިން ބުނިގޮތުގައި އީރާނުން މިއަދު ތައްޔާރު ވަމުން ދަނީ ކާޒިމީގެ ހަށިކޮޅު އިރާނަށް ގެނަސް ހަވާލުމުގެ ރަސްމިއްޔާތު ބާއްވާށެވެ.

ހިއްސާ ކުރައްވާ!