އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ، އެމެރިކާގެ ރައީސް ޓްރަމްޕާއެކު ވޮޝިންގްޓަންގައި ބެއްވި ސައްލާއަށްފަހު ދެ ވެރިންގެ ދެމެދުގައި އޮތް ބަދަހި ގުޅުމާއި ރައްޓެހިކަމަށް ތައުރީފު ކުރި ނަމަވެސް، ބައްދަލުވުމަށްފަހު ގުޅިގެން ބަޔާނެއް ނެރެފައި ނުވުމާއި ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާފައި ނުވުމާއި ނޫސްވެރިުން ބައްދަލު ވުމަށް ނުވެއްދުމުން ނަތަންޔާހޫގެ މި ދަތުރުން ހާސިލުވި ކަންކަމާމެދު ވަނީ ސުވާލު އުފެދިފައެވެ. ހާއްސަކޮށް އީރާނާމެދު އެމެރިކާގެ ސިޔާސަތުތަކަށް ވަސްވާސް ލައި ދިނުމަށް ނަތަންޔާހޫ ކާމިޔާބުވި މިންވަރާމެދު ވަނީ ހިޔާލުތަފާތުވުންތަކެއް އުފެދިފައެވެ.
އީރާނުގެ ނޫސްވެރިޔާ މާޝާﷲ ޝަމްސުލްވާޢިޒީން ދެކޭގޮތުގައި، ނަތަންޔާހޫގެ މި ދަތުރުގެ އެންމެ ބޮޑު ބޭނުމަކީ ކުރިއަށް އޮތް އިންތިޚާބާ ދިމާކޮށް އަމިއްލަ ސިޔާސީ މަގާމާއި ލިކޫދު ޕާޓީގެ މަގުބޫލުކަން އެމެރިކާއާއި ޔަހޫދީ ރެޖީމުގެ ސަރަހައްދުގައި އިތުރުކުރުމެވެ. އަދި ޓްރަމްޕާއެކު އޮތް ގުޅުމަށް އެއްވެސް ބަދަލެއް ނާންނަކަން ދެއްކެވުމަށް ނަތަންޔާހޫ މަސައްކަތް ކުރި ކަމަށްވެސް އޭނާ ފާހަގަކުރިއެވެ.
ބައިނަލްއަގުވާމީ ގުޅުންތަކާ ބެހޭ އީރާނުގެ އުސްތާޛެއް ކަމަށްވާ މުޙުސިން ފަރްޚާނީ ވިދާޅުވި ގޮތުގައި، އީރާނާ ދެކޮޅަށް ޔަހޫދީ ރެޖީމުން ހިންގާ ހަރަކާތްތަކަކީ ސަރަހައްދުގައި ނުރައްކާތެރި އިސްތިރާޖީ ބާރެއް އުފެދުން ހުއްޓުވުމަށް އެކުލަވާލާފައިވާ އަސްކަރީ އަދި ސެކިއުރިޓީ އުސޫލުތަކުގެ މައްޗަށް ބިނާވެގެންވާ ކަންކަމެވެ.
އެގޮތުން ޔަހޫދީ ރެޖީމާ ދެކޮޅު ގައުމުތަކުން ނިއުކްލިއަރ ހަތިޔާރު ހޯދުން ހުއްޓުވުމަށް އެމެރިކާ/އިސްރާއީލުން ބޭނުންކުރާ އަރަބިން އެމެރިކާއަށް ސަލާން ޖެހުމަށް މަޖުބޫރު ކުރުވާ ނަޒަރިއްޔާތާއި އަދި އިސްވެ ހަމަލާދިނުމަށް އެކުލަވާލާފައިވާ އައިޒެންކޮތް ނަޒަރިއްޔާތުގެ ދަށުން ދުރުގަިއވާ ގައުމުތަކަށްވެސް އިސްރާއީލުން ހަމަލާތައް ދިނުމުގެ ތާއީދު ހޯދުމަށް ވަނީ މަސައްކަތް ކޮށްފައެވެ.
އަދި ތުރުކީއަށް އެފް 35 ގެ ބޯޓު ވިއްކުމާ ދެކޮޅަށް ނަތަންޔާހޫ ކުރި މަސައްކަތް ނާކާމިޔާބުވި ކަމަށްވެސް މުހައްލިލުން ބުނެއެވެ. ނަތަންޔާހޫގެ ދަތުރަކީ ހަމައެކަނި ކަން ދެއްކުމަށް ބޭއްވި ދަތުރެކެވެ.







