އީރާނުން އިތުރު ދެ މީހަކު މަރުގެ ޙުކުމް ތަންފީޒުކޮށްފި

އިޒްރޭލުން ފައިސާ ދީގެން ޖެނުއަރީ މަހު އީރާނުގައި ކުރިއަށްދިޔަ ސަރުކާރާ ދެކޮޅު މުޒާހަރާތަކުގައި ބައިވެރިވިކަމުގެ ތުހުމަތުގައި އިތުރު ދެ ފިރިހެނަކު ދަންޖައްސައި މަރާލައިފިކަމަށް އެ ގައުމުގެ ދައުލަތުގެ މީޑިއާ ހާމަކޮށްފިއެވެ. އެމެރިކާއާއި އިޒްރޭލުން ވާގިވެރިކަން ލިބިގެން ހަމަނުޖެހުން އުފެއްދި މިފަދަ ގިނަ އަދަދެއްގެ ބަޔަކަށް މަރުގެ އަދަބުތައް އީރާނުޔން ދަނީ ތަންފީޒު ކުރަމުންނެވެ.

އީރާނުގެ ޖުޑިޝަރީގެ ޚަބަރު ފަތުރާ 'މީޒާން' އިން ބުނި ގޮތުގައި، އަބުލްފަޒްލް ސެޕާހީ ބަޖާނީ އަދި އަމީރުހުސައިން ސަފާރީ ހުސައިންއާބާދީ މަރާލީ، ޖެނުއަރީ 8 ގައި އިސްފަހާނުގެ އަލީޚާނީ ސްކުއެއާގައި ސަލާމަތީ ބާރުތަކުގެ ހަތަރު މީހަކު މެރުމުގައި ބައިވެރިވިކަމުގެ ކުށް ސާބިތުވެގެންނެވެ.

އީރާނުގެ އިސްލާމީ ޖުމްހޫރިއްޔާގެ ތާރީޚުގައި ހިންގި އެންމެ ބޮޑު ހަމަނުޖެހުން ތަކުގައި އިޒްރޭލުގެ އެޖެންޓުން ވަނީ އީރާނުގެ އެތައް ބަޔަކު މަރާލާފައެވެ.

މި ދެ މީހުން މެރުމުގެ ކުރިން، އދ. ގެ ތަޖުރިބާކާރުންގެ ޓީމަކުން ހޯމަ ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ޖެނުއަރީ މަހުގެ މުޒާހަރާތަކާ ގުޅުންހުރި ކުށްތަކުގައި މަދުވެގެން 24 މީހަކު މަރާލާފައިވާ ކަމަށެވެ. އަދި އަލީޚާނީ ސްކުއެއާގެ މައްސަލާގައި 12 މީހަކަށް މަރުގެ އަދަބު ދީފައިވާކަން އެ ޓީމުން ފާހަގަކުރިއެވެ. އޭގެ ތެރެއިން ދެ މީހެއްކަމަށްވާ އަރްފާން އެސްފަންދިއާރީ އަދި ގޯލް މުޙައްމަދު މުޙައްމަދީ ޖުލައި 19 ގައި މަރާލާފައިވާކަމަށް މީޒާންއިން ކަށަވަރުކޮށްދިނެވެ.

މި މީހުންނަށް މަރުގެ އަދަބު ދީފައިވަނީ އީރާނުގެ ޝަރުއީ ހުރިހައި މަރުހަލާތަކެއް ފުރިހަމަ ކުރުމަށް ފަހުއެވެ.

ހިއުމަން ރައިޓްސް ވޮޗުން މި ހަފުތާގައި ބުނި ގޮތުގައި، ފާއިތުވި ހަތަރު މަސް ދުވަހުގެ ތެރޭގައި، ބަޣާވާތް ކުރުމުގެ ކުށުގައި މަދުވެގެން 50 މީހަކު ވަނީ މަރާލާފައެވެ.

އީރާނުގެ އެތެރޭގެ ހަމަނުޖެހުން އެމެރިކާއާއި އިޒްރޭލުން ފެށީ ޖެނުއަރީ 2 ގައެވެ. އެއަށްފަހު ސޮލީބީ ސަހުޔޫނީ ހަނގުރާމަ ފެށީ ފެބްރުއަރީ 28 ގައެވެ. އެ ޓެރަރިސްޓް ހަމަލާތަކުގައި އީރާނުގެ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ އަވަހާރަ ކުރިއެވެ.

ޖޫން މަހު ޕާކިސްތާން މެދުވެރިވެގެން އެއްބަސްވުމަކަށް އައިސް ހަނގުރާމަ ވަގުތީ ގޮތުން ހުއްޓާލި ނަމަވެސް، މި މަހު އަނެއްކާވެސް އެމެރިކާއިން ވަނީ އުދުވާނީ ހަމަލާތައްދީ އެސްބަސްވުމާ ޚިލާފް ވެފައެވެ. އަދި އެމެރިކާގެ ހަތިޔާރު ގުދަންތައް ހުަސްވާން ފެށުމުން ރައީސް ޓްރަމްޕް މިހާރު ވަނީ އެ ހަމަލާތައް މެދުކަނޑާލާފައެވެ.

ހިއްސާ ކުރައްވާ!