އެމެރިކާގެ އޮފިޝަލުން: އީރާނަށް ހަމަލާ ދިނުމަށް ވުރެ ދަތިކުރުމުގެ ފިޔަވަޅުތައް މާ ބޮޑަށް އަސަރުކުރާނެ

އީރާނަށް އަސްކަރީ ހަމަލާތައް ދިނުމަށް ވުރެ، އެ ގައުމާ ދެކޮޅަށް އަޅާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ އަސަރު މާ ބޮޑުވާނެ ކަމަށް އެމެރިކާގެ އޮފިޝަލުން ގަބޫލުކުރައްވާ ކަމަށް "އެކްސިއޯސް" ނޫހުން ރިޕޯޓުކޮށްފިއެވެ.

އެމެރިކާގެ އިދާރީ އިސް އޮފިޝަލަކާ ހަވާލާދީ އެ ނޫހުގައި ބުނެފައިވަނީ، "އީރާނުން ބޭނުންވަނީ ހަމަލާތައް ހުއްޓާލުމަށާއި ފައިސާ ހޯދުމަށެވެ. ނަމަވެސް، އެމީހުންގެ އިސްކަންދޭ ތަރުތީބު އޮތީ މުޅިންހެން ފުށުއަރާފައެވެ. އެމީހުންނަށް ފުރަތަމަ ބޭނުންވަނީ ފައިސާއެވެ."

މި ރިޕޯޓުން ދޭހަވަނީ، އީރާނުގެ އިގްތިސާދަށް ލިބޭ ގެއްލުންތަކާއި، ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން އެ ގައުމުގެ ހާރިޖީ އަދި އަސްކަރީ ސިޔާސަތުތަކަށް ނުފޫޒު ފޯރުވުމަށް އެމެރިކާއިން ކުރާ މަސައްކަތުގައި، އަސްކަރީ ހަމަލާތަކަށް ވުރެ އިގްތިސާދީ ފިޔަވަޅުތައް މާ ފައިދާހުރި ކަމަށް އެމެރިކާގެ ސިޔާސީ ފަރާތްތަކުން ދެކޭ ކަމެވެ.

އެމެރިކާގެ ހަތިޔާރު ގުދަންތައް ހުސްވަމުންދާތީ އެމެރިކާއިން ދަނީ ހަނގުރާމައިން ބޯ ދަމައިގަނެ ހަމަނުޖެހުމުގައި ދެމި އޮންނާނެ އެހެން ގިޮތެއް ހޯދަމުންނެވެ.

ހިއްސާ ކުރައްވާ!