ބިރަކާ ނުލައި ނޫސްވެރިން ޝަހީދުކޮށްލަން ކެރޭނީ ޒަޔަނިސްޓު ޔަހޫދީންނަށް އެކަނި!

ލުބުނާނުގެ ނޫހެއް ކަމަށްވާ "އަލްއަޚުބާރު" ގެ އިސް އަންހެން ނޫސްވެރިޔާ އަމަލް ޚަލީލް ޝަހީދުކޮށްފައި ވަނީ ޔަހޫދީ ޒަޔަނިސްޓު ޖެނޮސައިޑް ރެޖީމުން ގަސްތުގައި ކަމަށާއި މިއީ ހަނގުރާމައިގެ ޖަރީމާއެއް ކަމަށް އެމްނެސްޓީ އިންޓަރނޭޝަނަލުން ބުނެފިއެވެ.

ޔަހޫދީ ޒަޔަނިސްޓުން ވަނީ އަމަލަށް ހަމަލަ ދިނުމަށްފަހު އޭނާ ޒަޚަމް ކޮށްލުމަށްފަހު އޭނާއަށް ސިއްހީ އެހީތެރިން ފޯރުކޮށްދިނުމަށް ހުރަސްއަޅާފައެވެ. މިއީ ޖެނޮސައިޑް މޭސްތިރިން ހިންދު ޖަރަބު ޝަހީދުކޮށްލި އިރު ކަން ކުރިގޮތެވެ.

ޔަހޫދީން އަމަލު ޝަހީދު ކޮށްފައި ވަނީ މީގެ ކުރިން އެމީހުން ޝީރީން އަބޫ އަގްލާ ޝަހީދުކޮށްލި ގޮތަށެވެ.

ޔަހޫދީން އަމަލް ޝަހީދުކޮށްލީ އެޕްރީލް މަހުގެ 22 ވަނަ ދުވަހު ލުބުނާނުގެ ދެކުނުގައި ޔަހޫދީން ނަސްލު ނައްތާލުމަށް ކެމްޕޭން ހިންގާ ހަނގުރާމައިގެ މައިދާނުގައެވެ.

މި ހަމަލާގައި އަމަލް ޝަހީދު ވެފައިވާއިރު އޭނާއާއެކުގައި މަސައްކަތް ކުރި ފޮޓޯޖާނަލިސްޓް ޒައިނަބް ފަރާޖްއަށް ވެސް ވަނީ ބޮޑެތި އަނިޔާތަކެއް ދީފައެވެ.

ހިއުމަން ރައިޓްސް ވޮޗް އަދި އެމްނެސްޓީ އިންޓަނޭޝަނަލް އަދި ލުބުނާނުގެ ލީގަލް އެޖެންޑާއިން ވަނީ މި ހާދިސާއާ ގުޅޭގޮތުން އެފަރާތްތަކުން ހިންގާފައިވާ ތަހުގީގުތަކުގެ ރިޕޯޓުތައް ވަކިވަކިން ނެރެފައެވެ.

މިޖަމާއަތްތަކުން ނިންމާފައި ވަނީ ޒަޔަނިސްޓު ޔަހޫދީންގެ މި ހަމަލާތަކަކީ ގަސްތުގައި ދީފައިވާ ހަމަލަތަކެއް ކަން ސާބިތުވާ ކަމަށެވެ.

އަދި މިއީ ހަނގުރާމައިގެ ޖަރީމާއެއްގެ ގޮތުގައި ބެލެވޭ ކަމެއް ކަމަަށް ބުނެފައި ވެއެވެ. އަދި އެމްނެސްޓީންވެސް ވަނީ މިއީ މަދަނީންނަށް އަމާޒުކޮށް ދިން ސީދާ ހަމަލާއެއް ކަމަށާއި، މައްސަލަ ހަނގުރާމައިގެ ކުށެއްގެ ގޮތުގައި ތަހުގީގުކުރަންޖެހޭނެ ކަމަށް ބުނެފައެވެ.

އިޒްރޭލުން މި ހަމަލާދީފައިވަނީ އެ ދެ ނޫސްވެރިން ހިމާޔަތް ހޯދުމަށް ވަދެ ތިބި ތަނަށެވެ. އަދި އެ ނޫސްވެރިން ސަލާމަތްކުރުމަށް ލުބުނާނުގެ ރެޑް ކްރޮސްއިން ޔުނިފިލް މެދުވެރިކޮށް ކުރި އާދޭސްތައް ބޮލާލައި ޖަހައި ޔަހޫދީ ޒަޔަނިސްޓު ޖެނޮސައިޑް ރެޖީމުގެ ސިފައިން ވަނީ އެމީހުން ތިބި ތަނަށް ބޮން އަޅާފައެވެ.

ޝީރީން އަބޫ އަގްލާ މަރާލި މީހާ ކާކުކަން އަންގައިފި

ނޫސްވެރިޔާ ޝީރީން އަބޫއަގްލާ ޝަހީދުކޮށްލި މައްސަލައިގެ ރިޕޯޓަށް އެމެރިކާއިން ނުފޫޒު ފޯރުވި ކަމަށް ތުހުމަތުކޮށްފި

ހިއްސާ ކުރައްވާ!