ސައޫދީ އަރަބިއްޔާގެ ފަރްނީޗަރު އުފައްދާ ކާރުޚާނާއެއްގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި ބަންގްލަދޭޝްގެ 16 ރައްޔިތުން މަރުވުމާ ގުޅިގެން، ބަންގްލަދޭޝްގެ ޚާރިޖީ ވުޒާރާއިން ހިތާމަ ފާޅުކޮށްފިއެވެ.
ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނީ ރިޔާޟްގެ ސޯފާ އުފައްދާ ކާރުޚާނާއެއްގައި ހިނގި މި އަލިފާނުގެ ހާދިސާގައި ބަންގްލަދޭޝްގެ 16 ރައްޔިތުން ވަނީ ހިތާމަވެރި ގޮތަކަށް މަރުވެފައެވެ.
އެކްސްޕެޓްރިއަޓްސް ވެލްފެއާ މިނިސްޓަރު އާރިފުލް ޙައްޤު ޗައުދަރީ ކަށަވަރުކޮށްދެއްވި ގޮތުގައި، ބަންގްލަދޭޝް އެމްބަސީ މެދުވެރިކޮށް ސައޫދީ ކަމާބެހޭ ފަރާތްތަކާއެކު ދަނީ އެކަމުގައި "މެދުކެނޑުމެއްނެތި މުއާމަލާތްތައް" ކުރަމުންނެވެ.






