ހަސީނާގެ ދަރިފުޅު ބަނގްލަދޭޝް ސަރުކާރާ ދެކޮޅަށް ވާހަކަ ދައްކަވައިފި

އެމެރިކާގައި ހުންނަވައިގެން ވާޗުއަލްކޮށް ދެއްކެވި ވާހަކަފުޅެއްގައި، ކުރީގެ ބޮޑުވަޒީރު ޝައިޚް ޙަސީނާގެ ދަރިކަލުން ސަޖީބު ވާޖިދު ޖޯއި ވަނީ ބަންގްލަދޭޝްއާ ގުޅޭގޮތުން ބޮޑެތި ކަންބޮޑުވުންތަކެއް ފާޅުކުރައްވާފައެވެ. ނިއުދިއްލީގައި ހުންނަ ބޭރުގެ ނޫސްވެރިންގެ ކުލަބ އެފްސިސީ ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ސަޖީބު ވާޖިދު ވިދާޅުވީ، ބަންގްލަދޭޝް މިހާރު ބަދަލުވަމުންދަނީ އިންޑިއާއަށް އޮތް ނުރައްކަލެއްގެ ގޮތުގައެވެ. އޭނާ ސިފަ ކުރެއްވި ގޮތުގައި ބަނގްލަދޭޝް ބަދަލު ވަމުން ދަނީ އިންޑިއާގެ އިރުަތީ ބޯޑަރުގައި އޮންނަ އެހެން ޕާކިސްތާނަކަށެވެ.

އަދި ޕާކިސްތާނުގެ ޖާސޫސީ އިދާރާ (އައި.އެސް.އައި) އަށް ބަންގްލަދޭޝްގެ ތެރޭގައި މިނިވަން ކަމާއެކު ހަރަކާތްތެރިވުމުގެ ފުރުޞަތު ލިބިފައިވާ ކަމަށާއި، ސަރުކާރުން ޖަލުތަކުން ހަރުކަށި ފިކުރުގެ މީހުން ދޫކޮށްލާފައިވާ ކަމަށްވެސް އޭނާ ތުހުމަތުކުރައްވާފައިވެއެވެ. މިފަދަ ކަންކަމުގެ ސަބަބުން ކުރިއަށް އޮތް ތަނުގައި ސަރަޙައްދުގެ ސަލާމަތާއި އިންޑިއާގެ ޤައުމީ ސަލާމަތަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެދާނެ ކަމުގެ އިންޒާރު އޭނާ ވަނީ ދެއްވާފައެވެ.

ހިއްސާ ކުރައްވާ!