އެއް ޕިކަޕް. 15 މަރު 32 މީހުން ޒަޚަމްވި

މިޞްރުގެ އިރުއުތުރު އިސްމާއީލިއްޔާ ގަވަރނަރޭޓްގައި މަސައްކަތްތެރިން ގޮވައިގެން ދަތުރުކުރި ޕިކަޕް ޓްރަކެއް ފުރޮޅާލުމުގެ ސަބަބުން މަދުވެގެން 15 މީހުން މަރުވެ 32 މީހުންނަށް އަނިޔާވެފައިވާ ކަމަށް އެޤައުމުގެ ހެލްތް މިނިސްޓްރީން ބުނެފިއެވެ.

މިނިސްޓްރީން ބުނީ މިއީ އަދި ފުރަތަމަ ލިބުނު ޢަދަދުތައް ކަމަށާއި، އަނިޔާވި މީހުންނަށް ފަރުވާދިނުމަށް ކައިރީގައިވާ ހޮސްޕިޓަލަކަށް ވަނީ ބަދަލުކޮށްފައި ކަމަށެވެ.

ޕޮލިސް ނެރުނު ބަޔާނުގައިވާ ގޮތުން، ސަރަޙައްދީ ސިއްޙީ ކަމާބެހޭ ފަރާތްތަކާ ގުޅިގެން މިނިސްޓްރީގެ ކްރައިސިސް އެންޑް އެމަރޖެންސީ އޮޕަރޭޝަންސް ރޫމުން ދަނީ މި ކަންކަން ވަރަށް ކައިރިން ބަލަމުންނެވެ.

އަނިޔާވި މީހުންނަށް އެންމެ މަތީ ފެންވަރުގެ ސިއްޙީ ފަރުވާ ދިނުމަށާއި، އެމީހުންގެ ޙާލަތު މުދައްވުރުކޮށް ބެލުމަށް މިނިސްޓަރ އޮފް ހެލްތް އެންޑް ޕޮޕިއުލޭޝަން ޚާލިދު ޢަބްދުލްޣައްފާރު ވަނީ އަންގަވާފައި ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.

އަދި ގެއްލުންވި މީހުންގެ ޢަދަދުތައް ކަށަވަރުކުރުމަށާއި، އަނިޔާވި މީހުންގެ ޙާލަތު ބެލުމުގެ މަސައްކަތް ހުއްޓުމެއްނެތި ކުރިއަށްދާ ކަމަށް މިނިސްޓްރީން ބުނެއެވެ.

ހިއްސާ ކުރައްވާ!