އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ) އަށް އަމާޒުކޮށް ދިން ރޮކެޓް ހަމަލާތަކެއް އެ ގައުމުގެ ދިފާއީ ބާރުތަކުން ކާމިޔާބުކަމާއެކު ނާކާމިޔާބުކޮށްލައިފިއެވެ. މި ހާދިސާއާ ގުޅިގެން އެ ގައުމުގެ ކަމާބެހޭ އިދާރާތަކުން ވަނީ އާންމު ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އަވަސް ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ.
ޔޫއޭއީގެ ނޭޝަނަލް އެމަރޖެންސީ ކްރައިސިސް އެންޑް ޑިސާސްޓަރ މެނޭޖްމަންޓް އޮތޯރިޓީން ހާމަކޮށްފައިވާ ގޮތުގައި، އެ ގައުމުގެ ވައިގެ ދިފާއީ ނިޒާމުތަކަށް ވަނީ ގައުމުގެ ސަރަހައްދަށް ވަންނަން އުޅުނު ރޮކެޓް ނުރައްކަލެއް ފާހަގަކުރެވިފައެވެ.
މި ހާދިސާއާ ގުޅިގެން ޔޫއޭއީގެ މިނިސްޓްރީ އޮފް އިންޓީރިއާ އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ވައިގެ ދިފާއީ ބާރުތަކުން ދަނީ ކުރިމަތިވި ރޮކެޓް ނުރައްކަލާ ކުރިމަތިލައި، އެ ހަމަލާތައް ނައްތާލުމުގެ މަސައްކަތް ކުރަމުންނެވެ. އަދި ގައުމުގެ ސަރަހައްދީ ނުވަތަ ރައްޔިތުންގެ ސަލާމަތަށް ކުރިމަތިވާ މިއިން ކޮންމެ ނުރައްކަލަކުން ދިފާއުވުމަށް އެ ގައުމުގެ ސެކިއުރިޓީ ބާރުތައް އޮތީ ފުރިހަމައަށް ތައްޔާރަށް ކަމަށްވެސް އެ މިނިސްޓްރީން ވަނީ ކަށަވަރުކޮށްދީފައެވެ.
މި ރޮކެޓް ފޮނުވީ އީރާނުން ކަމެއް ނޫނީ އިސްރާއީލުން ކަމެއް ޔަގީނެއް ނޫނެވެ..



