އީރާނުގެ ވެރިރަށް ތެހެރާނަށް ޔޫއޭއީގެ ޚާއްސަ ބޯޓެއް އިއްޔެ ކުއްލި ގޮތަކަށް ޖައްސައި އެވެ. އަދި އެއް ގަޑިއިރުގެ ތެރޭގައި އަނބުރާ ފުރައިގެން ގޮސްފައިވާކަމަށް އީރާނުގެ ފާރިސް ނޫހުން ރިޕޯޓްކޮށްފިއެވެ.
މިއީ ޖައްސަ ޖައްސައިގެން މިފަދަ ބޯޓެއް މި ސަރަޙައްދަށް ދަތުރުކުރި ދެވަނަ ދުވަސްކަމަށްވާއިރު، މި ދަތުރުތަކުގެ މަޤްޞަދާ މެދު ބައިނަލްއަޤްވާމީ މީޑިއާއާއި ސިޔާސީ މާހިރުންގެ މެދުގައި ވަނީ ބޮޑެތި ސުވާލުތަކެއް އުފެދިފައެވެ.
ވައިގެ ބަނދަރުގެ ޑޭޓާތަކުން ދައްކާ ގޮތުން ޕްރައިވެޓް ޖެޓް ވަނީ އިއްޔެ ހަވީރުގެ ވަގުތެއްގައި ތެހެރާނަށް ޖައްސާފައެވެ. މި އުޅަނދަކީ އާންމުކޮށް ޔޫއޭއީގެ ސަރުކާރުގެ އިސް އޮފިޝަލުން ރަސްމީ ދަތުރުފުޅުތަކުގައި ބޭނުންކުރާ ޚާއްޞަ ބޯޓެއްކަން ވައިގެ ދަތުރުފަތުރުގެ ރެކޯޑްތަކުން ކަށަވަރުވެއެވެ. ނަމަވެސް، ކުއްކި ކުއްލިއަށް ކުރާ ދަތުރުތަކާ ގުޅޭގޮތުން ދެ ޤައުމުގެ ރަސްމީ ފަރާތްތަކުން އަދިވެސް ވަކި އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.
މިޑްލްއީސްޓް މޮނީޓާ އިން ބުނާ ގޮތުގައި ޔޫއޭއީގައި ހިފަހައްޓާފައި ހުރި އީރާންގެ ފައިސާއާއި ގިނަ އަދދެއްގެ ރަން ވަނީ މި ދަތުރުގައި ތެހެރާނަށް އުފުލާފައެެވެ.




