ޓެރަރިސްޓް އަމަލަކަށް ތައްޔާރުވެގެން ކަމަށް ބެލެވޭ ފަދަ ގޮތަކަށް ހަތިޔާރާއި ވަޒަަން ހިފައިގެން ރާއްޖެއައި އެމެރިކާގެ ރައްޔިތަކު ހައްޔަރުކޮށް ތަހުގީގު ފަށްއިފިއެވެ. މިމީހާގެ ލަގެޖުން ވަޒަން އަޅާފައިވާ މެގަޒިނެއް ފެނި ފައި ވެއެވެ. ކޯޓު އަމުރެއްގެ ދަށުން އޭނާ ހައްޔަރުކޮށް، ބަންދަށް 10 ދުވަސް ކޯޓުން ޖަހައިދީފިއެވެ.
މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 36 އަހަރުގެ އެމެރިކާ ރައްޔިތެކެވެ. އޭނާ އަތުލައިގަތީ ޖަގެޖުގައި ހަތިޔާރާއެކު ރާއްޖެއަށް ވަންނަން އުޅެނިކޮށެވެ.
ހައްޔަރު ކޮށްފައިވާ އެމެރިކާ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށްޓަކައި ކޯޓަށް ހާޒިރުކުރުމުން، މައްސަލައިގެ ތަހުގީގު ކުރިއަށްގެންދިއުމަށްޓަކައި އޭނާ 10 ދުވަހުގެ މުއްދަތަށް ވާނުވާ ޖަހައި ދީފައި ވެއެވެ.
ދިވެހިރާއްޖޭގެ ގާނޫނުތައް ބުނާގޮތުން، ހަތިޔާރާއި ވަޒަން ނުވަތަ ބާރުގަދަ ގޮވާތަކެތި ސަރުކާރުގެ ހާއްސަ ހުއްދައަކާ ނުލައި ރާއްޖެ އެތެރެކުރުމަކީ މަނާކަމެކެވެ.
ރާއްޖޭގެ ސަލާމަތީ ފަރާތްތަކުން ރައްޔިތުން ގެ ސަލާމަތަށްޓަކައި ހޭލާ ތިބޭކަން މިހާދިސާއިން ހާމަވެގެން ދާކަން ފާހަގަކޮށް އާންމު ރައްޔިތުން ދަނީ ސަލާމަތީ ފަރާތްތަކަށް ޝުކުރު އަދާ ކުރަމުންނެވެ.
މިޚުޠޫރަތްތެރި ހާދިސާއާ ގުޅިގެން އެމެރިކާގެ އެމްބަސީއަށް މައުލޫމާތު ހިއްސާކުރެވޭނެ ކަމަށް ބެލެވޭއިރު، ފުލުހުން ދަނީ ކަމާބެހޭ އެހެން އިދާރާތަކާ ގުޅިގެން މި މައްސަލައިގެ ފުރިހަމަ ތަހުގީގެއް ހިންގަމުންނެވެ.






