ޒަޔަނިސްޓުން ބިރުގަންނަ ބަސް: އިންޝާﷲ

އެމެރިކާގެ މިޝިގަން ސްޓޭޓުގައި ބޭއްވި ޑިމޮކްރެޓިކް ޕާޓީގެ ސެނެޓު ޕްރައިމަރީ، މުސްލިމް ކެންޑިޑޭޓް ޑޮކްޓަރު އަބްދުއްސައްޔިދު ކާމިޔާބު ކުރެއްވުމާއެކު، އިސްރާއީލަށް ތާއީދުކުރާ އެމެރިކާގެ އެންމެ ބާރުގަދަ ލޮބީ ގްރޫޕް އައިޕަކް ގެ ސިޔާސީ ނުފޫޒު ކެނޑެމުންދާކަން ހާމަވެއްޖެއެވެ.

އައިޕަކް އާ ބޮޑެތި ކުންފުނިތަކުގެ އެހީގައި 70 މިލިއަން ޑޮލަރަށްވުރެ ގިނަ ފައިސާ ޚަރަދުކޮށްގެން ކެމްޕޭން ކުރި ހީލީ ސްޓީވަންސް ބަލިކުރައްވައި އަބްދުއްސައްޔިދު ހޯއްދެވި މި ކާމިޔާބީއަކީ އެމެރިކާގެ ސިޔާސީ މައިދާނަށް އައި ބޮޑު ބިންހެލުމެއްގެ ގޮތުގައި މިޑިއާ ވަނީ ސިފަކޮށްފައެވެ.

މި އިންތިޚާބުން ފެނިގެންދިޔައީ ކިތަންމެ ބޮޑު ޚަރަދެއް ކުރިނަމަވެސް ޔަހޫދީ ޒަޔަނިސްޓުންގެ ފައިސާއަކީ މިހާރު ސިޔާސީ ގޮތުން "ނުރައްކާތެރި" އަދި ނަތީޖާ ނެރެދޭން ނުކުޅެދޭ އެއްޗަކަށް ވެފައިވާ ކަމެވެ.

ޣައްޒާގައި ހިންގާ އިސްރާއީލުގެ އުދުވާނާއި ޤަތުލުއާންމު ހުއްޓުވުމަށާއި، އިސްރާއީލަށް ހަތިޔާރު ފޮނުވުން ބަންދުކުރުމަށް ވަކާލާތު ކުރައްވާ އަބްދުއްސައްޔިދު ވަނީ އެންމެންނަށް ސިއްހީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ސިޔާސަތުގެ މައްޗަށް ކެމްޕޭން ބައްޓަންކުރައްވާފައެވެ.

އޭނާގެ މި އިންތިޚާބީ ކާމިޔާބީގެ އުފާފާޅުކުރުމުގެ ޚިތާބުގައި "އިންޝާﷲ" އޭ ވިދާޅުވުމާ ގުޅިގެން، އޭޕެކުގެ ނާކާމިޔާބީއާއެކު ސިޔާސީ ގޮތުން ބިރުގެންފައިވާ ކޮންސަވޭޓިވް މީޑިއާއާއި އިސްރާއީލަށް ތާއީދުކުރާ ފަރާތްތަކުން ވަނީ އޭނާއާ ދެކޮޅަށް އިސްލާމޮފޯބިއާއާއި ނަފްރަތު ފެތުރުމުގެ ވަރުގަދަ ކެމްޕޭނެއް މީސް މީޑިއާގައި ފަށާފައެވެ. މީސް މީޑިއާ މަންސަތަކުގައި އޭނާއާ ދެކޮޅަށް ފެތުރި ނަފްރަތުގެ މެސެޖުތައް ވިހި ގުނައަށް އިތުރުވެގެން ދިޔަކަން ދިރާސާތަކުން ދައްކައެވެ.

މި ކާމިޔާބީއަކީ އެމެރިކާގެ އާންމުންގެ މެދުގައި އިސްރާއީލުގެ އަނިޔާވެރިކަމާ މެދު އުފެދިފައިވާ ނުރުހުމާއި، ސިޔާސީ ކަންކަމަށް ފައިސާގެ ނުފޫޒު ފޯރުވުމާ ދެކޮޅަށް އާންމުން ނުކުމެ ތިބިކަމުގެ އަލިގަދަ ހެކި ހާމަ ކޮށްދޭ ކަމެކެވެ.

ކުރިއަށް އޮތް އިންތިޚާބު ކާމިޔާބު ކުރައްވައިފިނަމަ، އަބްދއްސައްޔިދު ވެގެންދާނީ އެމެރިކާގެ ސެނެޓަށް އިންތިޚާބުވާ ފުރަތަމަ މުސްލިމް ސެނެޓަރަށެވެ. މިއ ޔަހޫދީންގެ ބާރު ކެނޑި، އެމެރިކާގެ ސިޔާސީ މަސްރަހު ބަދަލުވަމުންދާ ކަމުގެ ސާފު ނިޝާނެކެވެ.

ހިއްސާ ކުރައްވާ!