ގަލްފް ސަރަޙައްދުގައި އެމެރިކާއާއި އިރާނާ ދެމެދު ހިނގަމުންދާ ކުރިމަތިލުންތައް އހޫނުވެ، އިރާނުން އެމެރިކާގެ އެއާކްރާފްޓް ކެރިއަރަކާއި ޑެސްޓްރޯޔަރ މަނަވަރަކަށް އަމާޒުކޮށް މިސައިލް ޙަމަލާތަކެއް ފޮނުވާލާފައިވާ ކަމަށް އެމެރިކާ އިން އިޢުލާންކޮށްފިއެވެ..

އިރާނުގެ އިންގިލާބީ ސިފައިން ހާމަކުރި ގޮތުގައި، އެމީހުންގެ ޙަމަލާތައް އަމާޒުކޮށްފައިވަނީ އިރާނުގެ ހަރަކާތްތަކަށް ހުރަސްއަޅައި، ކަނޑުގެ ސަރަޙައްދު ބްލޮކްކުރުމުގައި ބައިވެރިވި އެމެރިކާގެ ސިފައިންގެ ދެ އުޅަނދަކަށެވެ. އަދި ޙަމަލާތަކަށްފަހު އެމެރިކާގެ އެ އުޅަނދުތައް ޙަމަލާ ބަދަލުކުރާ ސަރަޙައްދުން ފިލައިގެން ގޮސްފައިވާ ކަމަށް އީރާނުން ބުނެފައިވެއެވެ. މިއީ ފާއިތުވި މަސްތަކުގައި ދެ ޤައުމުގެ މެދުގައި ބަދަލުކުރެވުނު އެންމެ ވަރުގަދަ އަދި ނުރައްކާތެރި ޙަމަލާތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.
އެމެރިކާގެ މަނަވަރުތައް ދިން ހަމަލާ ގެ ފަހަތުގައިވަނީ އެމެރިކާ އިން އިރާންގެ ބޯޓުތަކަށް ހަމަލާދީ ބަނދަރުތައް ހިސާރަ ކުރުމެވެ.
ހޮނިހިރު ދުވަހު ހިންގި މި ޢަމަލުތަކުގައި ދެ ފަރާތުން ވެސް ވަނީ އެކި އަމާޒުތަކަށް ޙަމަލާދީފައެވެ. އެމެރިކާގެ ސެންޓްރަލް ކޮމާންޑް (ސެންޓްރޮމް) އިން ބުނެފައިވާ ގޮތުގައި، އެމެރިކާގެ ސިފައިން ވަނީ އިރާނުގެ ތެޔޮ އުފުލާ ތިން ނާވަކަށް ޙަމަލާދީފައެވެ.
އިރާނުން އެމެރިކާގެ ދެ މަނަވަރަކަށް ބެލިސްޓިކް މިސައިލް ފޮނުވާފައި ވެއެވެ.
އެމެރިކާގެ ދިފާޢީ ވުޒާރާގެ އިސް އޮފިޝަލުން ވިދާޅުވާގޮތުގައި، އިރާނުން ހިންގާ މިފަދަ ޢަމަލުތަކަށް ކެތްތެރިނުވެވޭނެއެވެ. އެމެރިކާގެ ޑިފެންސް ސެކްރެޓަރީ ހެގްސެތު ވިދާޅުވީ، އެމެރިކާގެ ސިފައިންނާއި އުޅަނދުތަކަށް އަމާޒުކޮށް އިރާނުން ކުރިއަށްގެންދާ ހުރިހާ ޢަމަލުތަކަކަށް ވަރަށް ހަރުކަށ ރައްދެއް ދެވޭނެ ކަމަށެވެ. އަދި މިފަދަ ކަންކަން ތަކުރާރުވާނަމަ، އިރާނުގެ ތެޔޮ އުފުލާ ބޯޓްތައް އެއްކޮށް ނައްތާލައި ޣަރަޤުކޮށްލާނެ ކަމުގެ އިންޒާރު އެމެރިކާއިން ދީފައިވެއެވެ..
އީރާނުން ވަނީ މިއަށް ވުރެން ވަރުގަދަ ހަމަލާ ތަކަށް އިންތިޒާރު ކުރުމަށް އެމެރިކާއަށް އަންގާފަ އެވެ.





