ރާއްޖޭގެ އިސްލާމީ ދިވެހިވަންތަކަން ޙިމާޔަތް ކުރުމަށް ލިބިގެން ދިޔަ އިލާހީ ޢިނާޔަތެއް!

ޗާގޯސް ޖަޒީރާގެ ސިޔާދަތީ ބާރާ ގުޅޭގޮތުން އިނގިރޭސިވިލާތާއެކު ރަސްމީ މަޝްވަރާތައް ބޭއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެ ޤައުމުގެ ބޮޑުވަޒީރަށް ސިޓީފުޅެއް ފޮނުއްވާފައި ވަނިކޮށް، އެ މައްސަލައަކީ ދިވެހިރާއްޖެއާ އެއްވެސް ގުޅުމެއް އޮތް ކަމެއް ނޫން ކަމަށް އިނގިރޭސިވިލާތުން ބުނެފިއެވެ.

ރޮއިޓާޒްއާއި ބައިނަލްއަގުވާމީ މީޑިއާގައި ރިޕޯޓްކޮށްފައިވާ ގޮތުގައި، އިނގިރޭސި ޚާރިޖިއްޔާގެ ތަރުޖަމާނު ވިދާޅުވީ ޗާގޯސްގެ ސިޔާދަތާ ގުޅޭގޮތުން ރާއްޖެއާއެކު ވާހަކަ ދެއްކުމުގެ ބަދަލުގައި، އިނގިރޭސިވިލާތުގެ ކުރީގެ ސަރުކާރުން 2022 ވަނަ އަހަރު މޮރިޝަސްއާއެކު މަޝްވަރާތައް ފެށީ ވެސް އެކަމުގައި ދިވެހީންނާ ގުޅޭ އެއްވެސް ކަމެއް ނެތުމުން ކަމަށެވެ. އެހެންނަމަވެސް، ދިވެހިރާއްޖެއާ ގުޅުންހުރި އެހެން ދާއިރާތަކުން ކަމާބެހޭ ފަރާތްތަކާއެކު ގަވާއިދުން މަޝްވަރާކުރަމުންދާނެ ކަމަށް އެ ޤައުމުން ފާހަގަކޮށްފައިވެއެވެ.

اللَّهُ أَكْبَرُ وَلِلَّهِ الْحَمْد

  • އިނގިރޭސިންގެ މި ނިންމުމަކީ ރާއްޖޭގެ އިސްލާމީ ދިވެހިވަންތަކަން ޙިމާޔަތް ކުރުމަށް ލިބިގެން ދިޔަ އިލާހީ ޢިނާޔަތެކެވެ.
  • ފޯޅަވަހީގެ މީހުންނަކީ މުސްލިމުންނެއްް ނޫނެވެ. ސައްތައިން ސައްތަ މުސްލިމު ދިވެހިރާއްޖެއަށް ފޯޅަވަހި ލިބިއްޖެނަމަ އެތާނގެ ނަސްރާނީންނަށް ދިވެހިރާއްޖޭގެ ރަށްވެހިކަން ދޭން ޖެހޭނެއެވެ. ނުވަތަ އެމީހުން ގަދަކަމުން އިސްލާމް ދީނަށް ވައްދަން ޖެހޭނެއެވެ. އެއީ ދީނުގައި ހުއްދަ ކަމެއް ނޫނެވެ. އަދި ބައިނަލްއަގްވާމީ މުއާހަދާތަކާ ޚިލާފް އަމަލަކަށް ވާނެއެވެ.
  • އަދި ފޯޅަވަހި ލިބިއްޖެނަމަ، އެތާގެ ފައްޅިތައް މަރާމާތު ކުރުމަށާއި އިމާރާތް ކުރުމަށް ދިވެހި ދައުލަތުން ފައިސާވެސް ހޭދަ ކުރަން ޖެހޭނެއެވެ. އެކަމުން މާތްﷲ މިވަނީ ދިވެހިން ޝިރުކަ ކުރުމުގެ އަމަލަކުން ސަލާމަތް ކޮށްދެއްވާފައެވެ. މިއާއެކު ދިވެހި ގައުމު އޮންނާނީ ސައްތައިން ސައްތަ އިސްލާމީ ގައުމެއްގެ ގޮތުގައެވެ.
  • ފޯޅަވަހީގައި ރާއްޖެއަށް ހައްގެއް އޮތްކަމަށް ބުނާ ދައުވާއަށް ބާރުދިނުމުގެ ގޮތުން ހެކި ދައްކަނީ ރާއްޖޭގައި ތަޚުތުގައި އިނުމަށްފަހު މުރުތައްދުވެ ނަސްރާނީ ދީނަށް ވަން ކަޅު ހަސަނު ރަސްގެފާނު ލިޔުނު ސިޓީއަކުންނެވެ.، ދިވެހި އުންމަތް ވަނީ އޭނާގެ ކިބައިން އެއިރުވެސް ބަރީއަ ވެފައެވެ. މި ކަޅު ހަސަނު ވަނީ އޭނާގެ ކާފަރުކަމާ ހެދި މާލެއާ ފުނަދޫއާ ދޭތެރެއަށް ދިވެހިން ކަނޑު ފައްތާފައިވާ މީހެކެވެ. اللَّهُ أَكْبَرُ وَلِلَّهِ الْحَمْد

ރައީސް އޮފީހުން ހާމަކޮށްފައިވާ ގޮތުގައި، ރައީސް މުޢިއްޒު ފޮނުއްވި ސިޓީފުޅުގައި ވަނީ ޗާގޯސްގެ ރަށްތައް މޮރިޝަސްއާ ހަވާލުކުރުމަށް އިނގިރޭސިވިލާތުން ނިންމާފައިވާ ނިންމުމާމެދު ދިވެހިރާއްޖޭގެ ކަންބޮޑުވުންތައް ފާޅުކުރައްވާފައެވެ. އަދި ރާއްޖެއާއި ޗާގޯސްއާ ދެމެދު އޮތް ތާރީޚީ އަދި ސަގާފީ ގުޅުންތަކަށާއި، އެ ސަރަހައްދުގެ ކަނޑުގެ މާހައުލު ހިމާޔަތް ކުރުމަށް ރާއްޖެއިން ކޮށްފައިވާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވައި، ދިވެހި ދައުލަތާއި ރައްޔިތުންގެ ހައްގުތައް ހިމާޔަތް ކުރުމަށް އިނގިރޭސިވިލާތާއެކު މާނަވީ މަޝްވަރާތަކެއް ކުރުމުގެ މުހިންމުކަން ރައީސް ފާހަގަކުރެއްވިއެވެ. މީގެއިތުރުން، އިންޑިއާ ކަނޑުގެ ސަލާމަތާއި ހަމަޖެހުމަށް ދެ ޤައުމު ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަން ވެސް އެ ސިޓީފުޅުގައި ބަޔާންކުރައްވާފައިވެއެވެ.

އެމެރިކާގެ ރަސްމީ ހުއްދަ ނުލިބުމުގެ ސަބަބުން، ޗާގޯސް ޖަޒީރާތަކުގެ ސިޔާދަތީ ބާރު މޮރިޝަސްއަށް ދިނުމަށް އިނގިރޭސިވިލާތުން ވެފައިވާ އެއްބަސްވުމަށް އަމަލުކުރުން މަޑުޖައްސާލާފައިވާކަން އެނގެިގެން ދިޔައީ މިއަހަރުގެ ކުރީކޮޅުގައެވެ.

މިކަމާ ގުޅިގެން ރާއްޖޭގެ ފޮރިން މިނިސްޓްރީން ބުނެފައިވަނީ، މިއީ ފޯޅަވަހީގެ މައްސަލައިގައި ރާއްޖެއާއެކު އަލުން މަޝްވަރާތައް ފެށުމަށް ލިބުނު މުހިންމު ފުރުސަތެއް ކަމަށެވެ. އަދި އެ ސަރަހައްދު ބެލެހެއްޓުމުގައި ރާއްޖޭގެ ގާނޫނީ މަސްލަހަތުތަކެއް ހުރިކަން ފާހަގަކޮށް، ރާއްޖޭގެ ހައްގުތަކަށް އިހުތިރާމުކުރާ އަދި ބައިނަލްއަގުވާމީ ގާނޫނުތަކާ އެއްގޮތްވާ ފަދަ އިންސާފުވެރި ހައްލެއް ހޯދުމަށް އިނގިރޭސިވިލާތަށް ވަނީ ގޮވާލާފައެވެ.

ހިއްސާ ކުރައްވާ!