ޕާކިސްތާނުން އީރާނަށް ހަމަލަ ދީފާނެބާ؟

ސައުދީ އަރަބިއްޔާގެ ސަރަހައްދުތަކަށް އަމާޒުކޮށް ހޫތީން ދެމުންދާ ހަމަލާތައް ހުއްޓުވުމަށް އަންގައި ޕާކިސްތާނުން އީރާނަށް އިންޒާރު ދިފިއެވެ. ހޫތީީން ދެމުންދާ ހަމަލާތައް އިތުރުވެ ގެއްލުން ބޮޑުވުމާ ގުޅިގެން ސައުދީއާއި ޔަމަނުގެ މަސްރަހު ވަނީ ހޫނުވެފައެވެ.

ޕާކިސްތާނުގެ ދިފާޢީ ވަޒީރު ޚާޖާ އާޞިފް ވިދާޅުވީ، ސައުދީ އަރަބިއްޔާގެ ސަލާމަތަށް އަންނަ ކޮންމެ ނުރައްކަލަކީ ސައުދީ އަރަބިއްޔާއާއި ޕާކިސްތާނާއި ތުރުކީއާ ދެމެދު އޮތް މައްކާ ދިފާޢީ އެއްބަސްވުންތައް ހަރަކާތްތެރި ކޮށް, ފުޅާވެގެންދާނެ ކަމެއް ކަމަށެވެ. އަދި މިފަދަ ޢުދުވާނީ ޢަމަލުތަކުގެ ސަބަބުން ސަރަހައްދީ ހަމަޖެހުމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކަމަށް ފާހަގަކުރެއެވެ.

ފާއިތުވި ދުވަސްތަކުގައި ހޫތީން ދިން ހަމަލާތަކުގެ ސަބަބުން ސައުދީ އަރަބިއްޔާގެ މަދަނީ އަދި އިޤްތިޞާދީ މުހިންމު ތަންތަނަށް ވަނީ ގެއްލުންތަކެއް ލިބިފައެވެ. މި ހަމަލާތަކުގައި ގިނަ އަދަދެއްގެ އާންމުންނަށް އަނިޔާވެފައިވާއިރު، ސައުދީ ކޯލިޝަނުން ދަނީ މިފަދަ ނުރައްކާތަކަށް ރައްދު ދިނުމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް ސިފައިން މެދުވެރިކޮށް އަޅަމުންނެވެ.

މި މައްސަލާގައި ޕާކިސްތާނުން މެދުވެރިއެއްގެ ދައުރު އަދާކުރަމުންދާއިރު، އީރާނުގެ މަސްއޫލުވެރިން ބުނެފައިވަނީ ހޫތީންގެ ހަރަކާތްތައް އެގައުމުން ސީދާކޮށް ކޮންޓްރޯލު ނުކުރާ ކަމަށެވެ. ނަމަވެސް ބައިނަލްއަޤްވާމީ މީޑިއާ ރިޕޯޓުކުރާގޮތުގައި، އީރާނުން ދަނީ ހޫތީންނަށް މާލީ އަދި އަސްކަރީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ. ހިސާރަ ކޮށްފައިވާ ދަނޑިވަޅެއްގައި އީރާނުން މިފަދަ އެހީއެއް ދޑޭނެ ގޮތެއް ނު ފެނެއެވެ.

ސައުދީ އަރަބިއްޔާގެ ދިފާޢީ ބާރުތަކުން ބުނެފައިވަނީ ޤައުމުގެ ސަރަހައްދީ ރައްކާތެރިކަން ކަށަވަރުކުރުމަށް ފަސްނުޖެހޭނެ ކަމަށާއި، ކޮންމެ ނުރައްކަލަކަށްވެސް އެކަށީގެންވާ ފަދަ ވަރުގަދަ ރައްދެއް ދޭނެ ކަމަށެވެ.

ހިއްސާ ކުރައްވާ!