އެމެރިކާއާއި އިސްރާއީލުގެ ޙަމަލާތަކެއްގައި ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ އިރާނުގެ މިސައިލް އުފެއްދުމުގެ ޞިނާޢަތް، އަލުން ވަރުގަދަކޮށް އަލުން ފަށާފައިވާ ކަމަށް އެމެރިކާއާއި މެދުއިރުމަތީގެ އޮފިޝަލުން ހާމަކުރައްވައިފިއެވެ. ވޯލްސްޓްރީޓް ޖާނަލް އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ކުރިން ރައްކާތެރިކޮށްފައިވާ ސާމާނާއި ބައިތައް ބޭނުންކޮށްގެން، އިރާނުން މިހާރު ދަނީ ބެލިސްޓިކް މިސައިލްތައް އަލުން ތައްޔާރުކުރަމުންނެވެ. ވޯލްސްޓްރީޓް ޖާނަލްއަކީ އެމެރިކާ ސަރުކާރަށް ޕްރޮޕެގެންޑާ ކޮށްދޭން މަޝްހޫރު ނޫހެކެވެ.
ރިޕޯޓުތައް ބުނާގޮތުން، އިރާނުން މިހާރު މިސައިލް އުފެއްދުމުގެ މަސައްކަތް ކުރަމުންދަނީ ދެކުނު އިރުމަތީ އިރާނުގައި ހުންނަ ޚުޖިރު މިސައިލް މަރުކަޒު ގެ ބިންގަރާސް ސަރަޙައްދުތަކުގައެވެ. މިއީ ކުރީގެ ޙަމަލާތަކުން ސަލާމަތްވުމަށްޓަކައި އަލަށް އެކުލަވާލަމުންދާ ނިޒާމެއް ކަމަށް ބުނެފައި ވެއެވެ. ނަމަވެސް، ކުރިއާ އަޅައިބަލާއިރު މިހާރުގެ އުފެއްދުންތެރިކަން ހުރީ ކުރިއަށް ވުރެން ވަރުގަދަ ކޮށް ކަމަށާއި އައު މިސައިލްތަކަށް ބޭރުން ސްޕެއަރ ޕާޓްސް ލިބިފައިވާ ކަމަށް ބުނެފައި ވެއެވެ.
މިކަމާ ގުޅޭގޮތުން އެމެރިކާގެ ދިފާޢީ ވުޒާރާގެ އިސް ތަރުޖަމާނު ވިދާޅުވީ އިރާނުގެ ޑްރޯނާއި މިސައިލްގެ އުފެއްދުންތެރިކަމުގެ ބޮޑުބައި އެމެރިކާއިން ވަނީ ހަލާކުކޮށްލާފައި ކަމަށެވެ. އަދި ރައީސް ޓްރަމްޕްގެ ސަރުކާރުން އިރާނަށް ނިޔުކްލިއަރ ހަތިޔާރެއް ހޯދުމުގެ ފުރުޞަތު ނުދޭނެ ކަމަށް ތަކުރާރުކޮށް ވިދާޅުވިއެވެ. އެހެންނަމަވެސް، މިސައިލް ޑިފެންސް އާ ބެހޭ މާހިރުން ލަފާކުރާ ގޮތުގައި، އިރާނުގެ އަތުގައި އަދިވެސް ހާހުން ގުނާލެވޭ ވަރުގެ ބެލިސްޓިކް މިސައިލްގެ ޚަޒާނާއެއް އެބަ އޮތެވެ.
އީރާންގެ މިސައިލްގެ ކުލަދާނަކަން އެނގިފައި ވަނީ މިގަހުން ޖޯޑަންގެ އަލްއަޒްރަގް އެއާބޭސްއަށް އީރާނުން ދީފައިވާ ހަމަލާތަކުންނެވެ.






