ފަލަސްޠީނާ ބެހޭ ޑޮކިއުމެންޓްރީ އުފެއްދި މީހުންގެ ރަށްވެހިކަން ނިގުޅައި ގަންނަނީ

މި ފިޔަވަޅު އަޅުއްވަން ނިންމެވީ އެ ދެ ފަރާތުން އިސްރާޢީލުން ޣައްޒާގައި ހިންގާ ޤަތުލުޢާންމާ ގުޅޭގޮތުން ތައްޔާރުކޮށްފައިވާ "ނާޒާ" ނަމަކަށް ކިޔާ ޑޮކިއުމެޓްރީ ފިލްމަށް ވެނިސް ފިލްމު ފެސްޓިވަލްގައި ޚާއްސަ ޖަޖުންގެ ޢިނާމު ލިބުމާ ގުޅިގެން އިޒްރޭލުން މޭކަރައިފިއެވެ. ޢިޒްރޭލުގެ ޤާނޫނުހަދާ މަޖިލީހުގެ ޘަޤާފަތާ ބެހޭ ވަޒީރު މިކީ ޒޯހަރް، ވަނީ އެ ޤައުމުގެ ފިލްމު އުފެއްދުންތެރިންކަމަށްވާ ޔުވްލް އަބްރަހަމާއި ރޭޗަލް ޒޯރްގެ ޤައުމީ ދަރަޖަ އުވާލެއްވުމަށް މަސައްކަތް ކުރާނެ ކަމަށް ބުނެފައެވެ.

އިއްޔެ އެކްސް ގައި ކުެރި ޕޯސްޓެއްގައި ޔަހޫދީ ވަޒީރު ބުނީ އެ ޑޮކިއުމެޓްރީއަކީ ޔަހޫދީންނަށް ނުބައި ތަސައްތުރެއް ގެނަސްދޭ އަދި އެ ފިލްމަށް ފެސްޓިވަލުން ލިބުނު ކާމިޔާބީއަކީ ހައިރާންކަން ކުރުވި ކަމެއްކަމަށެވެ. އަދި ޔުވްލްއާއި ރޭޗަލް ޔަހޫދީ ގައުމަށް ޚިޔާނާތްތެރިވެ، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި ޔަހޫދީންނާ ދެކޮޅު ފަރާތްތަކުގެ ތަޢުރީފު ހޯދުމަށްޓަކައި ޤައުމަށް ގެއްލުންދީފައިވާކަމަށް އޭނާ ތުހުމަތު ކުރިއެވެ.

"ޤައުމުގެ ޘަޤާފަތާ ބެހޭ ވަޒީރުގެ ހައިސިއްޔަތުން، ޤައުމަށް ޚިޔާނާތްތެރިވުމުގެ ސަބަބުން މި ލަދުކުޑަ އުފެއްދުންތެރިންގެ އިސްރާޢީލުގެ ރައްޔިތުކަން ވަގުތުން ނިގުޅައި ގަތުމަށް އަހަރެން މަސައްކަތްކުރާނަން،" ކަމަށް އޭނާ ލިޔުނެވެ.

އަށްޑިހަ މިނެޓުގެ ދިގު "ނާޒާ" ޑޮކިއުމެޓްރީގައި އަލިއަޅުވާލާފައިވަނީ ފަލަސްޠީނުގެ ރައްޔިތުންނާ ދެކޮޅަށް ޒަމާނީ އޯޓޯމެޓިކް ނިޒާމުތަކާއި އޭއައި ބޭނުންކޮށްގެން ޔަހޫދީ ޒަޔަނސިްޓުން ނިޒާމީ ސިފައެއްގައި ހިންގާ ޖެނޮސައިޑް ޖަރީމާތަކުގެ މައްޗަށެވެ. ފިލްމު ޕްރިމިއާ ކުރުމަށްފަހު ބެލުންތެރިންގެ ފަރާތުން ވިހި މިނެޓަށްވުރެ ގިޮނަ އިރުި ވަންދެން ކޮޅަށް ތިބެ ތަޢުރީފުގެ އަތްތިލަ ބަޑިޖަހައި މި ފިލްމުގެ އުފެއްދުންތެރިންނަށް ތައުރީފް ކޮށްފައި ވެއެވެ.

އަދި މި ފިލްމުގައި އިސްރާޢީލުގެ ސިފައިންނާއި ޖާސޫސީ އިދާރާތަކުގައި މަސައްކަތްކޮށްފައިވާ އަދި ނަން ހާމަކުރަން ބޭނުންނުވާ ފަރާތްތަކުގެ ހެކިބަސް ހިމަނާފައިވެއެވެ. އޭގެ ތެރެއިން ބައެއް ފަރާތްތަކުން ވަނީ، ފަލަސްޠީނުގެ ރައްޔިތުންގެ މުވާޞަލާތީ މުޢާމަލާތްތައް މޮނިޓަރުކޮށްގެން ޢަމާޒުކޮށްގެން މީހުން މެރުމަށް ބޭނުންކުރާ "ލެވޭންޑަރ" ނަމަކަށް ކިޔާ އެމެރިކާގެ އޭއައި ނިޒާމަކާ ބެހޭ މަޢުލޫމާތު ހާމަކޮށްފައެވެ.

މި ޑޮކިއުމެޓްރީގެ ސަބަބުން ހުޅަނގުގެ ޤައުމުތަކުގެ ސަރުކާރުތަކުން އިސްރާޢީލާ ދެކޮޅަށް އިޤްތިޞާދީ ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމަށް ބާރުއޅާނެކަމަށް އުއްމީދުކުރާ ކަމަށް ޔުވްލް އަބްރަހަމް ބުނެފައިވެއެވެ.

ހިއްސާ ކުރައްވާ!