އިބްރާހީމްގެފާނާއި އިސްހާޤުގެފާނުގެ ޒިޔާރަތްތައް ޔަހޫދީންގެ ކޮންޓްރޯލުގެ ދަށަށް

ހިފާފައިވާ ފަލަސްޠީނުގެ ހިފާފައިވާ ހުޅަނގު އައްސޭރީގެ ޚަލީލު ސިޓީގެ އިބްރާހީމީ މިސްކިތަކީ ޔަހޫދީންގެ މިލްކުވެރުކަމުގައިވާ ޔަހޫދީންގެ ފައްޅިއެއް ކަމަށާއި އެތަނުގެ މިލްކުވެރިންނަކީ ޔަހޫދީން ކަމަށް ޔަހޫދީ ރެޖީމުގެ ނުލަފާ ޔަހޫދީ މާލީ ވަޒީރު ބޒާލެއް ސުމޮރިޗު އިއުލާން ކޮށްފިއެވެ.

ޚަލީލު ސިޓިއަކީ އިބްރާހީމްގެފާނަށް ނިސްބަތްކޮށް ނަންދީފައިވާ ސިޓިއެކެވެ. އެސިޓީގެ އިބްރާހީ މިސްކިތަކީ އެ މިސްކިތުގައި އިބްރާހީމްގެފާނާއި އިސްހާޤުގެފާނު ފަސްދާނުލާފައިވާ ޒިޔާރަތްތައް ހުންނަ މިސްކިތެވެ.

އިޒްރޭލުގެ ޗެނަލް 14 ޓީވީ ޗެނަލުން ރިޕޯޓުކޮށްފައިވާ ގޮތުގައި، އިބްރާހީމީ މިސްކިތުގައި ޔަހޫދީ ރެޖީމުން ވަނީ މިސްކިތަށް ބަދަލު ގެނައުމުގެ މަރާމާތުގެ މަސައްކަތްތައް ކުރިއަށް ގެންގޮސްފައެވެ. ސުމޮރިޗް އޭނާގެ ވާހަކަތައް އިއުލާން ކޮށްފައި ވަނީ މި ކަން ފާހަގަ ކުރުމަށް ބެއްވި ރަސްމިއްޔާތުގައެވެ.

އިބްރާހީމްގެފާނުގެ ޒިޔާރަތް

މިދިޔަ ޖޫން މަހު ޔަހުދީ ރެޖީމުން ވަނީ މިސްކިތް މުސްލިމުންގެ އަތުލައި މިސްކިތް ވަށައިގެންވާ ސަރަހައްދާއި މިސްކިތުގެ ހަރިންމައާއި އެހިސާބުގެ މުސްލިމުންގެ ބާޒާރުގެ އިޚްތިޞާސް ބަދަލުކޮށްފައެވެ. 1997 ވަނަ އަހަރުގެ އެއްބަސްވުންތަކުގެ ދަށުން ޚަލީލު އޮތީ ދެ ބަޔަކަށް ބަހާފައެވެ. އެ ނިންމުމުގެ ދަށުން ނަސްލީ ތަފާތު ކުރުމުގެ ސިޔާސަތުތައް ހިންގައި ޔަހޫދީންނަށް ހިނގަން ވަކި މަގުތަކަކާއި އެމީހުންނަށް ޚާއްސަ ބަސްހުއްޓިތައް ހަދާފައި ވެއެވެ.

ފަލަސްޠީނުގެ އިދާރާތަކާއި ރަސްމީ ފަރާތްތަކުން ޔަހޫދީންގެ މި ފިޔަވަޅތައް ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައި ވެއެވެ.

އިސްހާގުގެފާނުގެ ޒިޔާރަތް
ހިއްސާ ކުރައްވާ!