ޔަހޫދީންގެ އަނިޔާވެރިކަމަށް ހިތްވަރު ލިބެނީ އަރަބިންނާއި މުސްލިމުން ހިމޭނުން ތިބުމުން

އިސްރާއީލު ސިފައިން ހުޅަނގު އައްސޭރީގެ ދެކުނުގައިވާ ޚަލީލު ސިޓީގެ އެކި ސަރަހައްދުތަކުން 1,500 އަށްވުރެ ގިނަ ފަލަސްތީނު ރައްޔިތުން އެމީހުންގެ ގެދޮރުން ގަދަކަމުން ނެރެ، މަގުމަތިކޮށްފިއެވެ. އަދި ކުރިއަށް އޮތް ވަގުތުތަކުގައި އިތުރު އެތައް ހާސްބަޔަކު ބޭރުކުރުމަށް ސިފައިން ތައްޔާރުވަމުންދާއިރު، އިސްރާއީލުގެ ބޮޑުވަޒީރު ޖެނޮސައިޑް މޭސްތިރި ބެންޖަމިން ނަތަންޔާހޫ ވަނީ ފަލަސްތީނުގެ ސަރުކާރު ސިއްސުވާލާނެ ވަރުގެ ކަމެއް ކޮށްލާނެ ކަމަށް ބުނެ ވަރުގަދަ އިންޒާރެއް ދީފައެވެ.

ޚަލީލު މުނިސިޕަލިޓީން ހާމަކުރި ގޮތުގައި، ހުކުރު ދުވަހުން ފެށިގެން އިސްރާއީލު ސިފައިން ވަނީ 250 އާއިލާއަކަށް ނިސްބަތްވާ 1,500 އެއްހާ މީހުން ގެދޮރުން ނެރެފައެވެ. އަދި ކުރިއަށް އޮތް މަދު ގަޑިއިރުތަކުގެ ތެރޭގައި އިތުރު 2,500 އަށްވުރެ ގިނަ ފަލަސްތީން މީޙުން އެމީހުން ދިރިއުޅޭ ސަރަހައްދުތަކުން ނެރެ ބޭރުކުރުމަށް ސިފައިން ދަނީ ރާވަމުންނެވެ.

ޚަލީލުގެ އަލްޖަލްދާ އަދި އައިން ދީރު ސަރަހައްދުގައި ދިރިއުޅޭ އާއިލާތަކަކަށް މިއަދު ވަނީ ވަގުތުން ގެދޮރު ހުސްކުރުމަށް ސިފައިން އަމުރުކޮށްފައެވެ.

މީގެއިތުރުން، ސިޓީގެ ހުޅަނގުގައިވާ ފަރްޝް އަލްހަވާ ސަރަހައްދުން ތިން އެޕާޓްމަންޓް ހިމެނޭ މުޅި އިމާރާތަކާއި، ވިޔަފާރި ކުރާ ތަންތަނުގެ އިތުރުން ސެރާމިކް ކާރުޚާނާއަކާއި ކާރުގެ ސްޕެއާ ޕާޓްސް ވިއްކާ ފިހާރައެއް ވަނީ ބުލްޑޯޒަރު ބޭނުންކޮށްގެން ތަޅާލާފައެވެ.

އަލްޚަލީލު ސިޓީއަށް ޒިޔާރަތްކޮށް ވާހަކަ ދައްކަމުން ޔަހޫދީ ކަލޭގެ ބުނީ، އިސްރާއީލު ސިފައިން މިހާރު ވަނީ ޚަލީލާއި ހަލްހޫލް ސަރަހައްދު މުޅިން ބަންދުކޮށް، ހިސާރުކޮށްފައި ކަމަށެވެ. އަދި މި އޮޕަރޭޝަން އެހެން ސަރަހައްދުތަކަށް ފުޅާކުރުމުގެ މައްސަލަ ދިފާއީ އިދާރާތަކާއެކު ދިރާސާކުރަމުންދާ ކަމަށާއި، ފަލަސްތީނު އޮތޯރިޓީއަށް ބޮޑު ސިއްސުމެއް ކުރިމަތި ކުރުވާނެ ކަމަށްވެސް އޭނާ ބުންޏެވެ.

ހިއްސާ ކުރައްވާ!