ޣައްޒާއަށް ހެދިގޮތަށް ހުޅަނގު އައްސޭރި ހިސާރަކޮށް ބަންދު ކުރުމަށް ޔަހޫދީ މީހާ އަންގައިފި

ހުޅަނގު އައްސޭރީގައި ޔަހުދީންގެ ދުއްތުރާ ބޮޑުވެ ޒައިތޫނި ވަގަށް ނަގައި ފަލަސްތީނު މީޙުންނަށް ދޭ ހަމަލަތަކަށް ކެތް ނުކުރެވިގެން ދީފައިވާ ދިފާއީ ހަމަލާއެއްގައި ޔަހޫދީ ޓެރަރިސްޓުންގެ ފަސް މީހަކު ޒަޚަމްވުމާ ގުޅިގެން، ޚަލީލް ސިޓީ ބަންދުކޮށް، މުޅި ހުޅަނގު އައްސޭރިއަށް  އެއްވެސް އެއްވެސް ފަލަސްޠީނު މީހަކަށް ވަދެ ނިކުމެ ނުވާ ގޮތަށް ހެދުމަށް ޔަހޫދީ ޖެނޮސައިޑް މޭސްތިރި އަންގައިފިއެވެ.

ފަލަސްޠީނު މީހަކު ދިން ދިފާއީ ހަމަލާ ކާމިޔާބު ވުމަށް ފަހު އިސްރާއީލު ސިފައިން ވަނީ އެ ސަރަޙައްދުގައި ވަރުގަދަ އަސްކަރީ އޮޕަރޭޝަނެއް ފަށާފައެވެ.

އިސްރާއީލުގެ ބޮޑުވަޒީރު ޖެނޮސްއިޑް ހިންގާ ނަތަންޔާހޫ  ނެރުނު ބޔާނެއްގައި ބުނީ،  ޚަލީލު ސިޓީ ވަގުތުން ބަންދުކުރުމަށާއި، މުޅި ހުޅަނގު އައްސޭރި އެއްކޮށް ބަންދުކޮށްގެން ފަލަސްޠިނު މީހުން ގިއްގަޅުވާލުމަށް މަސައްކަތް ކުރުމަށް އަންގާ ކަމަށެވެ. އަދި ހަމާސްގެ ހަނގުރާމަވެރިންނާއި އެމީހުން ފޮނުވާ ފަރާތްތައް ހޯދައި، އެމީހުން ފިލައިތިބޭނެ އެއްވެސް ތަނެއް ނޯންނާނެ ކަމަށްވެސް ނަތަންޔާހޫ ވިދާޅުވިއެވެ. އޭނާ މި ގޮތަށް ދޮގު ހެދިއިރު ހުޅަނގު އައްސޭރިއަކީ ހަމާސް ހަރަކާތްތެރިވާ ތަނެއް ނޫނެވެ.

އިސްރާއީލު ގެ ޖެނޮސައިޑް ހިންގާ ސިފައިންގެ އިދާރާއިން ހާމަކުރި ގޮތުގައި، ފަލަސްޠީނުޖގެ ދިފާއީ ހަމަލާގައި ބައިވެރިވި ދެ މީހުން ވަނީ ޝަހީދު ވެފައެވެ.

ޔަހުދީންގެ އިންތިޚާބަށް 5 ދުވަސް ވެފައި ވަނިކޮށް ދީފައިވާ ހަމަލައިން ޔަހޫދީން ވަނީ ބިރު ގަނެފައެވެ.

ހިއްސާ ކުރައްވާ!