އިޒްރޭލުގެ ބޮޑުވަޒީރުގެ ވާހަކަތަކަށް އެމެރިކާގެ ސެނެޓަރުން ފާޑުވިދާޅުވެއްޖެ

އެމެރިކާގެ އަހަރުގެ މެދުތެރޭ އިންތިޚާބުގެ ކެމްޕޭންގެ ތެރެއިން، އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ދެއްކި ވާހަކަތަކާއި، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އޭނާއަށް ތާއީދުކުރެއްވުމާ ގުޅިގެން އެމެރިކާގެ ސެނެޓަރުން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. ޚާއްޞަކޮށް، އީރާނާ ދެކޮޅަށް އިޒްރޭލުން ކުރަން ބޭނުންވާ ހަނގުރާމަ ދިފާޢުކޮށް ނަތަންޔާހޫ އާންމުކުރި ވީޑިއޯ ޕޯސްޓަކާ ގުޅިގެން ސިޔާސީ ފަރާތްތަކުން ވަނީ އޭނާއަށް ބަހުގެ ހޫނު ޙަމަލާތަކެއް ދޭން ފަށާފައެވެ.

ހަވާޢީގެ ސެނެޓަރު އަދި ޑިމޮކްރެޓިކް ޕާޓީގެ ސީނިއަރ މެންބަރެއް ކަމަށްވާ ބްރަޔަން ޝެޓްޒް ވިދާޅުވި ގޮތުގައި، އެމެރިކާގެ ރައްޔިތުންނާ މުޚާތަބުކޮށް ކެމެރާއަށް އަރައި ނަތަންޔާހޫ ދެއްކި ވާހަކަތަކަކީ ޤަބޫލުކުރެވޭނެ ވާހަކަތަކެއް ނޫނެވެ. އަދި ތެލުގެ އަގުބޮޑުވުމާ މެދު އެމެރިކާ ރައްޔިތުން ކަންބޮޑުވުން ފާޅުކުރުމުން އެކަމަށް ފާޑުކިޔައި ނަތަންޔާހޫ ވާހަކަދެއްކުމަކީ އެމެރިކާއަށް ކުރި މަލާމާތެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ. ސޯޝަލް މީޑިއާގައި ޙިއްޞާކުރެއްވި ޕޯސްޓެއްގައި ޝެޓްޒް ވަނީ ނަތަންޔާހޫގެ ވާހަތަކާއި އަމަލީ ގޮތް ކުޑަ އަމަލެއް ކަމަށް ވިދާޅުވެ އެ ޢަމަލު ކުށްވެރިކުރައްވާފައެވެ.

މި މައްސަލަ ދިމާވެފައި ވަނީ އެމެރިކާގެ ރިޔާސީ އިންތިޚާބުގެ ފޯރިގަދަވެފައިވާ ދަނޑިވަޅެއްގައެވެ. ރިޕަބްލިކަން ޕްއިމަރީގެ ތެރެއިން ޑޮނަލްޑް ޓްރަމްޕް ވަނީ ނަތަންޔާހޫގެ ނުލަފާ ސިޔާސަތުތަކާ އޭނާ ގަޔާވާ ކަމަށް ހާމަކުރައްވާފައެވެ. އެކަމާ ގުޅިގެން ނަތަންޔާހޫ ވަނީ ޓްރަމްޕަކީ ޔަހޫދީ ރެޖީމުގެ ޖެނޮސައިޑް އަމަލުތަކަށް މީގެ ކުރިން އެއްވެސ ްރައީސަކު ތާއީދު ނުކުރައްވާ ވަރަށް ތާއީދު ކުރެއްވި ރައީސެއް ކަމަށް ބުނެ ޝުކުރު ކޮށްފައެވެ.

ހިއްސާ ކުރައްވާ!