މާލީ ދަތިކަމާއި ފައިސާ ގެ ދަތިކަން ކުރިމަތިވުމުގެ ސަބަބުން، ފަލަސްޠީނުގެ ޣައްޒާގައި ހިންގާ އިންސާނީ އެހީގެ މަސައްކަތްތައް މަދުކުރަންޖެހިފައިވާ ކަމަށ ދުނިޔޭގެ ކާބޯތަކެތީގެ ޕްރޮގްރާމް އިން ހާމަކޮށްފިއެވެ.
އެ ޕްރޮގްރާމުގެ ނިންމުމާ ގުޅިގެން، ކާބޯތަކެތީގެ ނުރައްކާތެރި ހާލަތެއްގައިވާ ގާތްގަނޑަކަށް ފަސްލައްކަ މީހުންނަށް ކޮންމެ މަހަކު ލިބެމުން ދިޔަ ކާބޯތަކެތީގެ އެހީ ވަނީ މެދު ކަނޑާލާފައެވެ.
ދުނިޠޭގެ ކާނާ ޕްރޮގްރާމުން އާންމުކޮށްފައިވާ ރަސްމީ ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، މާލީ އެހީތެރިކަން ލިބޭ މިންވަރު ދަށްވުމުގެ ސަބަބުން، ކޮންމެ މަހަކު އެހީ ލިބޭ މީހުންގެ އަދަދު ވަނީ 1.6 މިލިއަނުން 1.1 މިލިއަނަށް ދަށްކުރަން ޖެހިފައެވެ. މި ކަމުގެ ސަބަބުން ޣައްޒާގެ އާާބާދީގެ ބޮޑު ބަޔަކަށް، ޚާއްޞަކޮށް ބަނޑަށް ޖެހިފައިވާ ފަރާތްތަކަށް ވަނީ ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާންޖެހިފައެވެ.
ބައިނަލްއަޤުވާމީ އިދާރާތަކުން ފާހަގަކުރާ ގޮތުގައި، ޣައްޒާގެ އާބާދީގެ ތިންބައިކުޅަ ދެބައި މީހުންނަށްވުރެ ގިނަ މީހުން ދަނީ ބަނޑުހައި ހޫނުކަމާއި ކާބޯތަކެތީގެ ނުރައްކާތެރި ހާލަތްތަކާ ކުރިމަތިލަމުންނެވެ. އަދި މިފަދަ ދަނޑިވަޅެއްގައި އިންސާނީ އެހީގެ މަސައްކަތްތައް ހުއްޓެމުން ދިޔުމަކީ އިންސާނީ ބޮޑު ކާރިސާއަކަށް މަގުފަހިވެދާނެ ކަމެއް ކަމަށް އިންޒާރުދީފައިވެއެވެ.





