އަންގާރަ ދުވަހު (27 އޮކްޓޫބަރުގައި) އިސްރާއީލުގައި ބޭއްވުމަށް ހަމަޖެހިފައިވާ ޢާންމު އިންތިޚާބުގައި، ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާ ވާދަކުރާ އެންމެ ބޮޑު އިދިކޮޅު ކެންޑިޑޭޓެއްގެ ގޮތުގައި ގާދީ އައިސެންކޮޓް ވަނީ ފާހަގަވެފައެވެ.
ގާދީ އައިސެންކޮޓްއާ ބެހޭ މުހިންމު ފަސް މަޢުލޫމާތެއް:
- އޭނާ އުފަންވީ 19 މޭ 1960 ގައި ފަލަސްތީނުގެ ތަބާރިއާ ގައެވެ. މޮރޮކޯގެ ޔަހޫދީ މުހާޖިރު އާއިލާއަކަށް އުފަންވި އައިސެންކޮޓް ބޮޑުވީ އިސްރާއީލުގެ ސިޔާސީ ބާރުތަކާ ދުރުގައިވާ ދެކުނުގެ ރަށެއް ކަމަށްވާ އީލާތު ގައެވެ.
- އިސްރާއީލުގެ ދިފާޢީ ބާރުގެ އެކި މަޤާމުތައް ފުރަމުންގޮސް، 2015 އިން 2019 އަށް އޭނާ ވަނީ 21 ވަނަ ޗީފް އޮފް ސްޓާފްގެ މަޤާމު އަދާކށްފައެވެ. އޭނާއަކީ މި މަޤާމު ފުރެި މިޒްރާހީ ގައުމީ އަރަބި ޔަހޫދީ ނަސްލުގެ ފުރަތަމަ މީހާއެވެ.
- 2023 ވަނަ އަހަރުގެ ޑިސެމްބަރު މަހު ޣައްޒާގައި ހިނގި ހަނގުރާމައިގައި އޭނާގެ އެންމެ ހަގު ފިރިހެން ދަރި ގާލް މަރުވިއެވެ.
- 7 އޮކްޓޫބަރު 2023 ގެ ހަމަލާތަކަށްފަހު ނަތަންޔާހޫ އުފެއްދި ކުއްލި ހަނގުރާމައިގެ ކެބިނެޓުގައި އުޅުމަށްފަހު، ހަނގުރާމައަށްފަހު އަމަލުކުރާނެ ސާފު ސްޓްރެޓެޖީއެއް ނެތްކަމަށް ބުނެ 2024 ޖޫން މަހު އޭނާ ވަނީ އިސްތިއުފާ ދީފައެވެ. އަދި 2025 ވަނަ އަހަރު "ޔާޝާރު" (ސީދާ) ގެ ނަމުގައި މެދުފަންތީގެ ސިޔާސީ ޕާޓީއެއް އުފެއްދިއެވެ.
- ކެމްޕޭންގައި އޭނާ ވައުދުވެފައިވަނީ ޣައްޒާގައިވާ ހަމާސްގެ ވެރިކަން ނައްތާލުމަށެވެ. އަދި ހުޅަނގު އައްސޭރީގައި ޔަހޫދީ އާބާދީތައް ބިނާކުރުމަށް ތާއީދުކުރާ ކަމަށާއި، އީރާނާއެކު ކުރިމަތިލުމަކަށް ދާންޖެހިދާނެ ކަމަށްވެސް އޭނާ ވަނީ ފާޅުގައި ބުނެފައެވެ.
ޔަހޫދީން ގެ އިންތިޚާބުގެ ފަހުގެ މަޢުލޫމާތު:
އޮކްޓޫބަރު 24-25 ގައި ނެރުނު އިންތިޚާބުގެ ފަހުގެ ޚިޔާލު ހޯދުމުގެ ވޯޓުތަކުން ދައްކާގޮތުގައި، އައިސެންކޮޓްގެ "ޔާޝާރު" ޕާޓީ އުޅެނީ ނަތަންޔާހޫގެ "ލިކުޑް" ޕާޓީއަށްވުރެ ކުރީގައެވެ. ލަފާކުރެވޭ ގޮތުގައި ޔާޝާރު ޕާޓީއަށް 22–23 ގޮނޑި ލިބޭއިރު، ލިކުޑް ޕާޓީއަށް ލިބެނީ 19–21 ގޮނޑިއެވެ.
ނަތަންޔާހޫއާ އިދިކޮޅު "ބަދަލަކަށް އެދޭ" ބްލޮކަށް ކުޑަ ކުރިއެރުމެއް ލިބުނުނަމަވެސް، އެއްވެސް ފަރާތަކަށް ގާނޫނު ހަދާ ކްނެސެޓްގެ އަޣުލަބިއްޔަތު ކަމަށްވާ 61 ގޮނޑި ކާމިޔާބު ކުރެވޭނެކަމަކަށް ލަފައެއް ނުކުރެވެއެވެ.
އަދި އިންތިޚާބަށްފަހު ކޯލިޝަން ހެދުމުގެ މަޝްވަރާތައް ވަރަށް އުނދަގޫވާނެއެވެ. އަދި ކުދި ޕާޓީތަކާއި ޢަރަބި ލިސްޓުތަކުން ސަރުކާރެއް އެކުލަވާލުމުގައި މުހިންމު ދައުރެއް އަދާކުރާނެއެވެ. އިންތިޚާބުގެ ރަސްމީ ނަތީޖާ ކަށަވަރުކުރުން އޮންނާނީ ނޮވެމްބަރު މަހުގެ ކުރީކޮޅުގައެވެ.






