އެމެރިކާއިން އިސްރާއީލު ޖެނޮސައިޑަށް ފޯރުކޮށްދެމުންދާ ބިލިއަން ޑޮލަރުގެ އަސްކަރީ އެހީތައް އެސާހިތަކުން ނިމުމަކަށް އައިސްފާނެ ކަމަށާއި، ބައިނަލްއަގުވާމީ މާލީ ދަތިކުރުމުގެ ފިޔަވަޅުތކާ ޔަހޫދީ ދައުލަތުން ކުރިމަތި ލާން ޖެހޭނެ ކަމަށް ޔަހޫދީ ޖެނޮސައިޑް މޭސްތިރި ބުނެފިއެވެ. ނަތަންޔާހޫ ބުނީ މި ކަންކަމުން ރައްކާތެރިވުމަށްޓަކައި ޔަހޫދީންގެ ދައުލަތަށް ޑިޖިޓަލް ފައިސާއާއި ބްލޮކްޗެއިން ޓެކްނޮލޮޖީގެ މައްޗަށް ބަރޯސާވާ އިގްތިސާދެއް ގާއިމުކުރަންޖެހޭނެ ކަމަށެވެ.
އިސްރާއީލުގެ ޗެނަލް 10 އަށް މިކަލޭގެ ދިން އިންޓަވިއުއެއްގައި ބުނީ އެމެރިކާގެ ސިޔާސީ މަސްރަހު ބަދަލު ވަމުންދާ ކަމަށެވެ،. އަދި ޔަހޫދީންގެ އޮޅުވާލުންތައް މިހާރު މީހުން ބަލައި ނުގަންނަކަމަށާއި އެމރިރކާ މީހުންވެސް ހޭލުންތެރިވަމުންދާ ކަމަށެވެ. އަދި އެމެރިކާގެ ސަރުކާރުން އިސްރާއީލުގެ ދިފާއީ ކަންކަމަށާއި ޖެނޮސައިޑަށް ދެމުންދާ ބިލިއަން ޑޮލަރުގެ އެހީގެ ޕްރޮގްރާމްތައް ކުރިއަށް އޮތް ތަނުގައި ހުއްޓޭނެ ކަމަށް ބަލަން ވާނެ ކަމަށާއި އިސްރާއީލުން އެކަމާ ދެކޮޅަށް ގޮތްތައް ހޯދަން ޖެހޭނެ ކަމަށެވެ.
މީގެއިތުރުން، އިސްރާއީލުން ހިންގަމުންދާ ޖެނޮސައިޑާ ހެދި ދުނިޔޭގެ ބެންކިންގ ނިޒާމުން ޔަހޫދީ ދައުލަތާ ދެކޮޅަށް ބައިނަލްއަގުވާމީ ބޭންކިންގް އަދި އިގްތިސާދީ ދަތިކުރުމުގެ ފިޔަވަޅުތަކެއް އެޅުމަކީވެސް ކުރިމަގުގައި އެކަށީގެންވާ ކަމެއް ކަމަށާއި އެކަމުން ދިފާއުވުމަށްޓަކައި ކްރިޕްޓޯކަރެންސީއާއި ޑިޖިޓަލް ފައިސާ ބޭނުންކުރެވޭނެ މަގުތައް ހޯދުމުގެ ޕްލޭންތައް އެކުލަވާލުމަށް ސިފައިންނާއި މާލީ އިދާރާތަކަށް އަންގަވާފައިވާނެ ކަމަށް ނަތަންޔާހޫ ބުންޏެވެ. މިއީ އިސްރާއީލުގެ މާލީ ނިޒާމު ބައިނަލްއަގުވާމީ ފާރަވެރިކަމުން ސަލާމަތްކޮށް އިގްތިސާދީ ހިސާރުތަކުން ރައްކާތެރިކުރުމަށް ރާވާ ސްޓްރެޓެޖީ އެއް ކަމަށް އޭނާ ބުންޏެވެ.
ޔަހޫދީންގެ އާންމު އިންތިޚާބު އޮންނާނީ އޮކްޓޯބަރު 27 ގައެވެ. އިންތިޚާބުގެ ތެރޭގައި ޖެނޮސައިޑް މޭސްތިރި ދެއްކި މި ވާހަކަތަކާ ގުޅިގެން، އިސްރާއީލުގެ މަރުކަޒީ ބޭންކު ބޭންކް އޮފް އިސްރާއީލު އާއި ޔަހޫދީ ދައުލަތުގެ އިގްތިސާދީ މާހިރުންގެ ބޮޑެތި ފާޑުކިޔުންތަކެއް ވަނީ މި ކަލޭގެއަށް އަމާޒުވެފައެވެ. މާހިރުން ފާހަގަކުރާ ގޮތުގައި، ގައުމެއްގެ މައި އިގްތިސާދު ކްރިޕްޓޯ ފައިސާއަށް ބަދަލުކުރުމުގެ ޚިޔާލު އިއުލާނުކުރުމަކީ ގައުމީ މާލީ ނިޒާމު އިތުރު ނުތަނަވަސްކަމެއްގެ ތެރެއަށް ވައްޓާލާނެ ކަމެކެވެ.
ހުޅަނގު އައްސޭރި އާއި ޣައްޒާގައި ހިންގަމުންދާ ޖެނޮސައިޑު ހަރަކާތްތަކާ ގުޅިގެން ބައިނަލްއަގުވާމީ މައިދާން ގައި އިސްރާއީލު އެކަހެރިވަމުންދާ ދަނޑިވަޅެއްގައި، އެމެރިކާގެ ސިފައިންނާއި ސަރުކާރުގެ ތާއީދު ކުޑަވެދާނެ ކަމަށް ނަތަންޔާހޫ އަމިއްލައަށް އިއުތިރާފުވުމަކީ ޔަހުދީންގެ 80 އަހަރުގެ އަނިޔާގެ ނަތީޖާއެވެ.






