ހޮލެންޑުގައި ދިރިއުޅެމުންދާ އިންޑިއާގެ ދެ އަންހެނަކު، ޅަ އުމުރުގައި އެހެން ޢާއިލާތަކަކަށް ބެހިގެން ގޮސްފައި ވަނިކޮށް، 30 އަހަރަށްވުރެ ގިނަ ދުވަސްފަހުން އެއީ އެއްބަނޑުއެއްބަފާ ދެ ބޭންކަން ޑީއެންއޭ ޓެސްޓަކުން ހާމަވެއްޖެއެވެ. އުމުރުން 40ގެ އަހަރުތަކުގެ މި ދެ އަންހެނުން، މީގެ ކުރިން ބައްދަލުވެ އެކުވެރިވެފައިވީ ނަމަވެސް، އެއީ ލޭ ގެ ގޮތުން ގުޅިފައިވާ އެއްބަނޑު އެއްބަފާ ދެ ބެއިން ކަން އެނގިފައިވަނީ މާ ފަހުންނެވެ.
އުމުރުން 40ގެ އަހަރުތަކުގެ މި ދެ އަންހެނުން، މިނާ ގިލްޓިންކް އާއި މީނާލް ޓިސަން، މީގެ ކުރިން ކުޑައިރު ޙަފުލާއަކުން ބައްދަލުވެ އެކުވެރިވެފައިވީ ނަމަވެސް، އެއީ ލެއިން ގުޅިފައިވާ އެއްބަނޑުއެއްބަފާ ދެ ބެއިން ކަމަށް އެނގިފައިވަނީ މާ ފަހުންނެވެ. މިދިޔަ 1980ގެ އަހަރުތަކުގެ ކުރީކޮޅު އިންޑިއާގެ މުމްބާއީގެ އެކި ކުޑަކުދިންގެ ހިޔާތަކުން އެޑަޕްޓް ކޮށްގެން ގެންގޮސްފައިވާ މިނާ ގިލްޓިންކް އާއި މީނާލް ޓިސަންއަށް، ޅަފަތުގައި އެކި ފަރާތްތަކުން ބަލައިބޮޑުކުރުމަށް ލިބިފައިވެއެވެ. އޭގެފަހުން މީގެ 30 އަހަރު ކުރިން، އެ ކުދިން އެޑަޕްޓް ކުރަން ނެގި އޭޖެންސީން ބޭއްވި ޙަފުލާއެއްގައި އެ ދެ މީހުން ފުރަތަމަ ފަހަރަށް ބައްދަލުވިއެވެ.
އެ ދުވަހު އެއްގޮތް ސިފަތަކެއް ހުރުމުން އެކުވެރިވެ، ގިނަ ދުވަސްތަކެއް ވަންދެން ގުޅުން ބޭއްވި ނަމަވެސް، ދެމެދުގައި އޮތް ގުޅުމަކީ ލޭގެ ގުޅުމެއްކަން އޭރު އެނގިފައެއް ނުވެއެވެ. ފަހުން އެކި ސަބަބުތަކާހުރެ މުވާޞަލާތު ކެނޑިފައިވަނިކޮށް، 2017 ވަނަ އަހަރު މިނާ ވަނީ އިންޑިއާއިން އެޑަޕްޓް ކޮށްފަެިވާ މީހުންނަށް ޚާއްސަ ބައްދަލުވުމެއްގައި ޑީއެންއޭ ޓެސްޓެއް ހަދާފައެވެ. ނަމަވެސް އޭރު އެއްވެސް ނަތީޖާއެއް ލިބިފައެއް ނުވެއެވެ.
މިދިޔަ އަހަރުގެ އޭޕްރީލް މަހު ހޮލެންޑަށް ކުރި ޒިޔާރަތެއްގައި މީނާލްވެސް ޑީއެންއޭ ޓެސްޓެއް ހެދިއެވެ. އަދި މިއަހަރުގެ މެއި މަހުގެ 20 ވަނަ ދުވަހު މީނާލް ވަނީ ޞައްޙަ ޑީއެންއޭ ނަތީޖާއާ އެކު މިނާޢަށް މީސް މީޑިއާ މެދުވެރިކޮށް މެސެޖެއް ފޮނުވާފައެވެ. މިނާ އެ ލިންކު ހުޅުވައި ބެލިއިރު، އެ ދެ މީހުންނަކީ ސައްތައިން ސައްތަ އެއްބަނޑުއެއްބަފާ ދެ ބެއިން ކަން ވަނީ ކަށަވަރުވެފައެވެ.





