ޑިސެމްބަރު މަހު މިއާމީގައި ބޭއްވުމަށް ހަމަޖެހިފައިވާ ޖީ 20 ސަމިޓް ބޭއްވުމަށް އެމެރިކާއިން ތައްޔާރުވަމުންދާ ދަނޑިވަޅެއްގައި، އެ ސަމިޓްގައި ބައިވެރިވާ ޤައުމުތަކާ މެދު އެމެރިކާގެ ރައްޔިތުން ދެކޭގޮތް ތަފާތު ކަމަށް ޕިއު ރިސާޗް ސެންޓަރުން ނެރުނު އެންމެ ފަހުގެ ރިޕޯޓަކުން ދައްކައިފިއެވެ. މި ރިޕޯޓުން ދައްކާ ގޮތުގައި، ރަޝިޔާއާ އަޅާބަލާއިރު އެމެރިކާގެ ރައްޔިތުންގެ މެދުގައި ޗައިނާއަކީ މަގްބޫލު ގައުމެކެވެ. ނަމަވެސް، މި ދެ ޤައުމުވެސް އުޅެނީ އެމެރިކާ މީހުން ތުހޭ ގައުމުތަކުގެ ލިސްޓުގެ އެންމެ ފުލުގައެވެ.
ޕިއު ރިސާޗްއިން އިން ހުކުރު ދުވަހު ނެރުނު ރިޕޯޓުގައިވާ ގޮތުން، އެމެރިކާގެ ރައްޔިތުން ޗައިނާއަށް ދީފައިވަނީ 100 އަކުން 37 ގެ އެވަރެޖު މާކްސްއެކެވެ. އަދި ރަޝިޔާއަށް ލިބިފައިވަނީ 27 ޕޮއިންޓެވެ. މި ސާވޭއިން ދައްކާ ގޮތުގައި އެންމެ މަތީ މާކްސް ލިބިފައިވަނީ ކެނެޑާ، އޮސްޓްރޭލިއާ، ޖަޕާން އަދި އިޓަލީ ފަދަ ޤައުމުތަކަށެވެ. އެ ޤައުމުތަކަށް ލިބިފައިވާ މާކްސް އުޅެނީ 60 އިން މަތީގައެވެ.



