އީރާނުގެ އާ މަތީ ވެރިޔާ އާޔަތުﷲ މުޖްތަބާ ޚާމަނާއީ، އެ ޤައުމުގެ ސިފައިންގެ އިސް ކޮމާންޑަރުންނާ ބައްދަލުކުރައްވައިފިއެވެ.
ސިފައިންގެ އިސްވެރިންނާ ބައްދަލުކުރައްވައި މުޖްތަބާ ޚާމަނާއީ ވިދާޅުވީ، ދުޝްމަނުންގެ ފަރާތުން ކުރިމަތިވެދާނެ ކޮންމެ ފަދަ ނުރައްކަލަކަށް ނުވަތަ ހަމަލާއަކަށް ރައްދު ދިނުމުގައި އެއްވެސް ކަހަލަ ސަރަހައްދީ ހައްދެއް ނުވަތަ ލިމިޓެއް ނޯންނާނެ ކަމަށެވެ. އަދި ޤައުމުގެ ސިޔާދަތާއި އިސްތިގުލާލު ހިމާޔަތް ކުރުމަށްޓަކައި، ކޮންމެ ވަގުތަކުވެސް ފަސްޖެހުމެއް ނެތި ހަރުކަށި ފިޔަވަޅުތައް އީރާނުން އަޅަމުންދާނެ ކަމަށް އޭނާ ވަނީ ވިދާޅުވެފެވެ.
ފާއިތުވި ދުވަސްތަކުގައި މެދުއިރުމަތީގެ ހަނގުރާމައިގެ މަސްރަހު އެމެރިކާ އާއި ޔަހޫދީން ހޫނުކޮޝްފާނެ ކަމުގެ އިޝާރާތް ވަނީ ދީފަ އެވެ.






