އުދުވާންގެ 11 ދުވަސް ފަހުން ދިޔައީ ގެތައް ލޫޓޫވާލައިގެން

ފަލަސްޠީނުގެ ހުޅަނގު އައްސޭރީގެ ޚަލީލް ސަރަޙައްދުގައި އިޒްރޭލު ސިފައިން 11 ދުވަހު މެދުކެނޑުމެއްނެތި ހިންގި އުދުވާނީ އަސްކަރީ އޮޕަރޭޝަނަކަށްފަހު، އެ ސަރަޙައްދުން ފައިބައިފިއެވެ. މި އޮޕަރޭޝަންގެ ސަބަބުން އެތައް ހާސް ރައްޔިތުންނަކަށް ގެދޮރުދޫކޮށް ދާންޖެހިފައިވާއިރު، އަނބުރާ ގެތަކަށް ދިޔަ އާއިލާތަކަށް ފެނިގެންދިޔައީ ލޫޓުވައި  ހަލާކުކޮށްލާފައިވާ ގެތަކާއި ވިޔަފާރި މަރުކަޒުތަކެވެ.

ފަލަސްޠީނުގެ ރަސްމީ މަސްދަރުތަކުން ހާމަކުރި ގޮތުގައި، އިޒްރޭލު ސިފައިން އެ ސަރަޙައްދު ދޫކޮށް ދިއުމާ ގުޅިގެން ރައްޔިތުންނަށް މިހާރު ވަނީ ގެދޮރަށް އެނބުރި އައުމުގެ ފުރުސަތު ލިބިފައެވެ. މިދިޔަ އޮކްޓޯބަރު މަހުގެ 23 ވަނަ ދުވަހު ޚަލީލާއި އެ ސަރަޙައްދުގެ އަވަށްތަކަށް އިޒްރޭލު ސިފައިން ވަނީ ފުރަ ބަންދެއް ކޮށްފައެވެ. މިކަމުގެ ފެށުމަކަށްވީ  އިޒްރޭލު ސިފައިން ގެ ދެމީހުންގެ ކާމިޔާބު މަރާ ގުޅިގެން ޔަހޫދީ ސިފައިން އެޅި ހަރުކަށި ފިޔަވަޅުތަކެވެ.

ޚަލީލްގެ ގަވަރނަރު ޚާލިދު ދުދިން އދ. ގެ ވަފުދަކާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި، މި އޮޕަރޭޝަންގެ ސަބަބުން މީހުން ހާލުގަިއ ޖެހިނު ކަމަށް ވިދާޅުވިއެވެ.

ރިޕޯޓުތައް ބުނާގޮތުން 537 އާއިލާއަކަށް ނިސްބަތްވާ ގާތްގަނޑަކަށް 3,300 މީހުން ވަނީ މަޖުބޫރުވެގެން ގެދޮރުދޫކޮށް ދާން ޖެހިފައެވެ. އަދި ޖުމުލަ ބައިލައްކަ މީހުންނަށް މިކަމުގެ ނޭދެވޭ އަސަރުކޮށްފައިވެއެވެ.

މި ހަމަލާތަކުގެ ސަބަބުން ޚަލީލްގެ އިގްތިސާދަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. ޚަލީލްގެ ޗޭމްބަރ އޮފް ކޮމާސް އެންޑް އިންޑަސްޓްރީގެ ވެރިޔާ އަބްދު ދްރިސް ވިދާޅުވި ގޮތުގައި، ދުވާލެއްގެ މައްޗަށް ލިބުނު މާލީ ގެއްލުން 12 މިލިއަން ޝެކަލްއަށް އަރައެވެ. އަދި 327 ފިހާރައެއް މުޅިން ބަންދުކޮށް، 15 ތަނެއް ޔަހޫދީ ސިފައިން ވަނީ އެއްކޮށް ސުންނާފަތިކޮށްލާފައެވެ. މީގެ އިތުރުން، 589 ސްކޫލެއްގެ 262,000 އަށްވުރެ ގިނަ ދަރިވަރުންގެ ތައުލީމަށް ވަނީ ހުރަސްއެޅިފެވެ.

ގެދޮރަށް އެނބުރިދިޔަ ރައްޔިތުންނަށް ފެނުނީ ޔަހޫދީ ސިފައިން ލޫޓޫވައި ވައްކަންކޮށްފައިވާ ގެތަނެކެވެ. އަގުބޮޑު ރަނާއި ގަހަނާއާއި ފައިސާ އަދި ކުޑަކުދިންގެ ސޭވިންގް ބޮކްސްތައްވެސް ވަގަށް ނަގާފައިވާ މަންޒަރު ފެނިފައި ވެއެވެ.

ހިއްސާ ކުރައްވާ!