ރާއްޖޭގެ އުތުރާއި ދެކުނަށް ކުރާ ވައިގެ ދަތުރުފަތުރުގެ އަގު ހެޔޮކުރުމަށްޓަކައި ޚާއްސަ ސަބްސިޑީއެއް ދިނުމަށް އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓްގައި ހިމަނައިފި އެވެ.
އަންނަ އަހަރަށް ދައުލަތުން މަޖިލިހަށް ހުށައަޅާފައިވާ ބަޖެޓް ފޮތުގައިވާ ގޮތުން، 2027 ވަނަ އަހަރުގެ ޓްރާންސްޕޯޓް ސަބްސިޑީޒްގެ ތެރޭގައި ރީޖަނަލް ފެރީ ނިޒާމު ކަމަށްވާ އާރްޓީއެލް ފުޅާވުމުގެ ސަބަބުން އިތުރުވާ ހަރަދުގެ އިތުރުން، ރާއްޖޭގެ އުތުރާއި ދެކުނުގައި ވައިގެ ދަތުރުތައް އަގު ހެޔޮކުރުމަށް ހިންގާ "ސައުތު އަދި ނޯތު ކަނެކްޓިވިޓީ ޕްރޮޖެކްޓް" އަށް ބޭނުންވާ ސަބްސިޑީ ވަނީ ކަނޑައަޅާފަ އެވެ. މި މަޝްރޫޢަކީ ރައްޔިތުންނަށް ދިމާވެފައިވާ ދަތުރުފަތުރުގެ ދަތިކަން ހައްލުކޮށްދިނުމުގެ ގޮތުން ސަރުކާރުން ހިންގާ މުހިއްމު ސިޔާސީ އަދި އިޤްތިޞާދީ ޕްރޮގްރާމެއް ކަމަށް ފާހަގަކޮށްފައިވެ އެވެ.
ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކޮށް، ޚަރަދު ކުޑަކުރުމަށް ސަރުކާރުން ގެންގުޅޭ ސްޓްރެޓެޖީގެ ދަށުން، އަންނަ އަހަރުގެ ލަފާކުރާ ބަޖެޓްގައި ޓްރާންސްޕޯޓް ސަބްސިޑީއަށް ޖުމްލަ 1.71 މިލިއަން ރުފިޔާ ހަރަދުވާނެކަމަށް ވަނީ ލަފާކޮށްފަ އެވެ. ނަމަވެސް، މި ޕްރޮޖެކްޓްތަކުގެ އިތުރު ތަފްސީލުތައް ބަޖެޓް ފޮތުގައި ހާމަކޮށްފައެއް ނުވެ އެވެ.






