އެގްޒެކެޓިވް ޓްރޭނިންގ: ހިންގުން ހަރުދަނާކުރުމާއި މާލީ ހޭލުންތެރިކަން އިތުރުކުރުމުގެ ވާކްޝޮޕެއް

އަލްކެމީ ކޮންސަލްޓިންގ ގްރޫޕްގެ ފަރާތުން، ރާއްޖޭގެ އެކި ކުންފުނިތަކާއި އިދާރާތަކުގެ ހިންގުން ހަރުދަނާކުރުމާއި މާލީ ހޭލުންތެރިކަން އިތުރުކުރުމުގެ މަގުސަދުގައި 21 ނޮވެމްބަރު 2026 ވާ ހޮނިހިރު ދުވަހު ޚާއްޞަ ދެ އެގްޒެކެޓިވް ޓްރޭނިންގ ވާކްޝޮޕެއް ބޭއްވުމަށް ހަމަޖައްސައިފިއެވެ.

އަމަލީ ގޮތުން ބައިވެރިވެވޭ ގޮތަށް ފަރުމާކުރެވިފައިވާ މި ވާކްޝޮޕްތަކުގެ މައިގަނޑު މަގުސަދަކީ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އޮޓޯމޭޝަނާއި، ކޯޕަރޭޓް މާލީ ނިންމުންތައް ނިންމުމަށް ބޭނުންވާ އަމަލީ ހުނަރުތައް ބައިވެރިންނަށް އުނގަންނައިދިނުމެވެ.

ހެނދުނުގެ ސެޝަން، "އޭއައި-އެސިސްޓެޑް ބެކް-އޮފީސް ވޯކްފްލޯ އޮޕްޓިމައިޒޭޝަން" ކުރިއަށްދާނީ ހެނދުނު 9:00 އިން މެންދުރުފަހު 1:00 އަށެވެ.

އޭއައި އޮޓޯމޭޝަން ކޮންސަލްޓަންޓް ނަގީތު އަބްދުއްﷲ ނަންގައިދެއްވާ މި ސެޝަން މައިގަނޑު ގޮތެއްގައި އަމާޒުކޮށްފައިވަނީ ދުވަހުން ދުވަހަށް ކުރަންޖެހޭ މަސައްކަތްތަކުގައި، މައިކްރޯސޮފްޓް އެކްސެލް، ގޫގުލް ޝީޓްސް، އަދި ޕީޑީއެފް ޕްރޮސެސިންގ ފަދަ ފަސޭހައިން ބޭނުންކުރެވޭ އޭއައި ވަސީލަތްތައް އަހުލުވެރިކުރުވުމަށެވެ.

މީގެ މައިގަނޑު ބޭނުމަކީ ބޮޑެތި އައިޓީ ޚަރަދުތަކަކާ ނުލައި އިދާރީ އާންމު މަސައްކަތްތައް އޮޓޯމޭޓް ކުރުމެވެ. މި ސެޝަންގައި މަސައްކަތްތައް ބަހާލައިގެން ކުރާނެ ގޮތާއި، ރައްކާތެރިކަމާއެކު މައުލޫމާތު ބެލެހެއްޓުމާއި، އިދާރީ މަސައްކަތްތަކަށް ވަގުތު ސަލާމަތްކުރެވޭ ވަގުތު މިންކުރާނެ ގޮތް ބައިވެރިންނަށް ދަސްކޮށްދެވޭނެއެވެ.

  • ހެނދުނުގެ މި މޮޑިއުލްގައި ބައިވެރިވުމުގެ ފީއަކީ މީހަކަށް 2,000 ދިވެހި ރުފިޔާއެވެ.

މެންދުރުފަހުގެ ސެޝަން، "ފައިނޭންސް މޭޑް ސިމްޕަލް: ފައިނޭންސް ފޯ ނޮން-ފައިނޭންސް ޕްރޮފެޝަނަލްސް" ކުރިއަށްދާނީ މެންދުރުފަހު 2:00 އިން ހަވީރު 5:00 އަށެވެ.

އެޗްޑީސީގައި އެގްޒެކެޓިވް ފެންވަރުގައި 20 އަހަރަށްވުރެ ގިނަ ދުވަހުގެ ތަޖުރިބާ ހޯއްދަވާފައިވާ ޗާޓަރޑް މެނޭޖްމަންޓް އެކައުންޓެންޓް އަދި ލައިސަންސްޑް އޮޑިޓަރ އަހުމަދު އަސްލަމް (އޭސީއެމްއޭ، ސީޖީއެމްއޭ) ނަގައިދެއްވާ މި ވާކްޝޮޕަކީ މާލީ ދާއިރާގައި ނޫޅޭ މުވައްޒަފުންނަށް ސްޓްރެޓީޖިކް ނިންމުންތައް ނިންމުމަށްޓަކައި މާލީ މައުލޫމާތު ދެނެގަންނާނެ ގޮތް ދަސްކޮށްދިނުމަށް ފަރުމާކުރެވިފައިވާ ސެޝަނެކެވެ.

މީގެ ތެރޭގައި މާލީ ބަޔާންތައް ކިޔާނެ ގޮތާއި، އިސްލާމިކް ފައިނޭންސްގެ އަސާސްތަކާއި، ބްރޭކް-އީވަން ބަޖެޓިންގ، އަދި ކީ-ފައިނޭންޝަލް ރޭޝިއޯ އެނަލިސިސް ހަދާނެ ގޮތް ދަސްކޮށްދިނުން ހިމެނެއެވެ.

  • މި ކޯހުގެ ފީއަކީ މީހަކަށް 1,500 ދިވެހި ރުފިޔާއެވެ.

މި ދެ ސެޝަންވެސް ބޭއްވުމަށް ހަމަޖެހިފައިވަނީ މާލޭގައެވެ. އަދި ބައިވެރިވާ ފަރާތްތަކަށް ސެޓްފިކެޓް ދެވޭނެއެވެ.

ކޯޕަރޭޓް ގާބިލުކަން އިތުރުކުރުމާއި ހުނަތުވެރި ތައުލީމު

މި ނޮވެމްބަރު މަހު ބާއްވާ މި ވާކްޝޮޕްތަކަކީ އަލްކެމީ ކޮންސަލްޓިންގ ގްރޫޕުން  ރާއްޖޭގައި ކުރިއަށްގެންދާ އިންސާނީ ވަސީލަތްތައް ތަރައްގީކުރުމުގެ ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. އެ ކުންފުނިން ދަނީ ތަފާތު ދާއިރާތަކުން ކޯޕަރޭޓް ތަމްރީނުތައް ފޯރުކޮށްދެމުންނެވެ:

އެކަޑެމީ އޮފް ފައިނޭންސިންގ:

މިއީ އަލްކެމީގެ ދަށުން ހިންގާ ޚާއްޞަ ގޮފިތަކުގެ ތެރެއިން، މަސައްކަތްކުރާ އެގްޒެކެޓިވްއިންނާއި މެނޭޖްމަންޓް ޓީމުތަކުގެ މާލީ ހޭލުންތެރިކަން އިތުރުކުރުމަށް ޚާއްޞަ ތަމްރީނު ޕްރޮގްރާމްތައް ފޯރުކޮށްދޭ ގޮތްޕެވެ.

އެކަޑެމިކް ޕާޓްނަޝިޕްތައް:

އަލްކެމީ އެކަޑެމީއިން ދަނީ ޕޯސްޓްގްރެޖުއޭޓް ރިސާޗް އިނިޝިއޭޓިވްތަކަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ. މީގެ ތެރޭގައި މެލޭޝިއާގެ މެނޭޖްމަންޓް އެންޑް ސައިންސް ޔުނިވަރސިޓީ (އެމްއެސްޔޫ) ފަދަ ބައިނަލްއަގުވާމީ މުއައްސަސާތަކާ ގުޅިގެން ހިންގާ ޑޮކްޓޯރަލް (ޕީއެޗްޑީ) ޕްރޮގްރާމްތައް ހިމެނެއެވެ.

ކޯޕަރޭޓް ދާއިރާގައި ހާސިލުކޮށްފައިވާ ކާމިޔާބީ:

އަލްކެމީން ވަނީ 5,000 އަށްވުރެ ގިނަ ޕްރޮފެޝަނަލުންނަށް ތަމްރީނު ފޯރުކޮށްދީފައެވެ. އަދި ސަރުކާރު ހިއްސާވާ ބޮޑެތި ކުންފުނިތަކާއި އަމިއްލަ އިދާރާތައްކަމަށްވާ ސްޓެލްކޯ، އެމްޓީސީސީ، މިފްކޯ، ބީސީސީ، އަދި އެޗްޑީސީ ފަދަ ކުންފުނިތަކާ އެކު ގުޅިގެން މަސައްކަތްކޮށްފައެވެ.

ހިއްސާ ކުރައްވާ!