އީޔޫއިން ކުޑަކުދިންނަށް އޭއައި ލިޓަރެސީ ސެޓްފިކެޓެއް ތަޢާރަފުކުރަން ނިންމައިފި

ވިލާތު އިއްތިހާދުން ސްކޫލް ކުދިންނަށް ޚާއްސަކޮށްގެން އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ދެނެގަތުމާ ބެހޭ ޚާއްސަ ލިޓަރެސީ ސެޓްފިކެޓެއް ތަޢާރަފުކުރުމުގެ ޕައިލެޓް ޕްރޮގްރާމެއް ފެށުމަށް ނިންމައިފިއެވެ. މިއީ ތަޢުލީމީ ދާއިރާއާއި އާންމު ދިރިއުޅުމުގައި އޭއައިގެ ބޭނުންކުރުން އިތުރުވަމުންދާ ދަނޑިވަޅެއްގައި، ކުޑަކުދިން އެކަމަށް އަހުލުވެރިކުރުމަށް އީޔޫއިން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އެޅި ފިޔަވަޅެކެވެ.

މި ސެޓްފިކެޓް ޕްރޮގްރާމްގެ ފުރަތަމަ މަރުޙަލާގައި ބައިވެރިވާނީ އުމުރުން 15 އަހަރުގެ ދަރިވަރުންނެވެ.

އެގޮތުން 2027-2028 ތަޢުލީމީ އަހަރުގެ ތެރޭގައި މި ޕްރޮގްރާމް ރަސްމީކޮށް ފެށުމަށް ވަނީ ރޭވިފައެވެ. މި ސެޓްފިކެޓްގެ މައިގަނޑު މަޤުޞަދަކީ އޭއައި މަސައްކަތްކުރާ ގޮތާއި، އޭއައި މެދުވެރިކޮށް ލިބޭ މައުލޫމާތުގެ ތެދުކަން ވަޒަންކުރާނެ ގޮތް ދަރިވަރުންނަށް ދަސްކޮށްދިނުމެވެ. މީގެއިތުރުން، އޭއައި ބޭނުންކޮށްގެން މައުލޫމާތު އޮޅުވާލައި، އޮޅުވާލުންތައް އުފައްދާ މިންވަރު ދެނެގަތުމަށާއި، މިފަދަ ވަސީލަތްތައް ބޭނުންކުރުން ހުއްޓާލަންޖެހޭ ވަގުތު ދެނެގަތުމުގެ ޤާބިލުކަން ކުދިންގެ ކިބައިގައި އަށައްގެންނެވުމަކީވެސް މި ޕްރޮގްރާމްގެ އަސާސެކެވެ.

ބްރަސެލްސްއިން މިފަދަ ސެޓްފިކެޓެއް ތަޢާރަފުކުރަން ނިންމާފައިވަނީ، އޭއައިގެ ސަބަބުން ކިޔަވައިދިނުމާއި އަމިއްލައަށް އުނގެނުމުގެ ކަންކަމަށް އެދެވޭ ބޮޑެތި ބަދަލުތަކެއް އަންނަމުންދާ ދަނޑިވަޅެއް ގައެވެ. ވަކިވަކި ދަރިވަރުންނަށް ބޭނުންވާ ގޮތަށް އުނގަނައިދިނުމާއި ޓިއުޓަރުންގެ ދައުރު އަދާކުރުމުގައި އޭއައިގެ ފައިދާ ބޮޑުވި ނަމަވެސް، އެކަމުގެ ނޭދެވޭ އަސަރުތަކުން ކުދިން ރައްކާތެރިކުރުމަކީ ބްރަސެލްސްއިން އެދ ކަމެކެވެ.

ނަމަވެސް، އީޔޫގައި ހިމެނޭ 27 ޤައުމުގެ ތަޢުލީމީ ސިޔާސަތުތައް ސީދާ ކޮންޓްރޯލްކުރުމުގެ ބާރު އީޔޫގެ އިއްތިހާދަށް ލިބިގެންނެއް ނުވެއެވެ. ކޮންމެ ޤައުމަކުންވެސް އެއިރެއްގެ ތަޢުލީމީ ނިޒާމު ހިންގުމުގެ ފުރިހަމަ އިޚްތިޔާރު ދަމަހައްޓައެވެ. އެހެންކަމުން، މި ޕްރޮގްރާމް ކުރިއަށްދާނީ މެންބަރު ޤައުމުތަކުގެ އެއްބާރުލުމާއެކުގައެވެ.

އޭއައި ލިޓަރެސީ ސެޓްފިކެޓް ތަޢާރަފުކުރުމުގެ އިތުރުން، ޒުވާން އުމުރުގެ ކުދިން މީސް މީޑިއާ ބޭނުންކުރާ މިންވަރު ކޮންޓްރޯލްކޮށް، އެފަދަ ވަސީލަތްތަކަށް ވާސިލުވުން ހަރުކަށިކުރުމަށް ބޭނުންވާ ޤާނޫނީ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތްވެސް ބްރަސެލްސްއިން ދަނީ ކުރަމުންނެވެ.

ހިއްސާ ކުރައްވާ!