އަގަލު ކުޑަކޮށް އުޅުނު އަންހެން މެންބަރު ބޭރުކޮށްލައިފި

އިސްރާއީލުގެ ޤާނޫނު ހަދާ މަޖިލިސް ކްނެސެޓްގެ އިންތިޒާމީ ކޮމިޓީގެ ބައްދަލުވުމެއްގައި ހިނގި ހުތުރު ޒުވާބަކަށް ފަހު، ހައްދުފަހަނައަޅާފައިވާ އީތަމާރު ބެން ގަވީރުގެ "އޮޓްޒްމާ ޔަހޫދިތު" ޕާޓީއަށް ނިސްބަތްވާ މެންބަރު ތާލީ ގޮޓްލީވް މަޖިލީހުގެ ޖަލްސާއިން ބޭރުކޮށްލައިފިއެވެ.

ބުދަ ދުވަހު ބޭއްވި މި ބައްދަލުވުމުން ގޮޓްލީވް ބޭރުކޮށްލީ ޖަލްސާގައި ވާހަކަދައްކަވަމުން ގެންދެވި މެދުމިނުގެ ޔަހޫދީންނާއި އަރަބި ނަސްލުގެ މެންބަރުންނަށް، ހަމަލަ ދޭން ފަށްތައި އެމީހުންގެ ވާހަކަތައް ތަކުރާރުކޮށް މެދު ކަނޑަމުން ދިއުމުންނެވެ.

ސެކިއުރިޓީން އޭނާ މަޖިލީހުގެ ތަޅުމުން ނެރެގެން ގެންދިޔަ ވަގުތު، މަޖިލީހުގައި ހިމެނޭ ޢަރަބި މެންބަރުން ވަނީ އޭނާއާ ދެކޮޅަށް އަޑުއުފުލައި، ކޮމިޓީގެ ކޮޓަރިން ދާށޭ! ގޮވާލާފައެވެ.

މިކަން އިތުރަށް ހޫނުވެގެންދިޔައީ، ގޮޓްލީވް ބޭއަދަބީ ގޮތަކަށް ނަސްލީ ތަފާތުކުރުމަށް ހިތްވަރުދޭ ފަދަ ޢިބާރާތްތަކެއް ބޭނުންކުރުމާ ގުޅިގެންނެވެ.

މި މަންޒަރުތައް ފެންނަ ވީޑިއޯތައް މީސް މީޑިއާ ގައި އާންމުވުމާއެކު ގިނަ ބައެއްގެ ފާޑުކިޔުންތައް ވަނީ އޭނާއަށް އަމާޒުވެފައެވެ. މީސް މީޑިއާ ގައި ޚިޔާލު ފާޅުކުރި ގިނަ ފަރާތްތަކުން އޭނާގެ ޢަމަލުތައް ސިފަކޮށްފައިވަނީ ހަމައިން ނެއްޓިފައިވާ، އަދި ސިޔާސީ އަދަބުތަކާ ޚިލާފް ގޮތް ކުޑަ މީހެއްގެ ގޮތުގައެވެ.

މަޖިލީހުގެ ތެރޭގައި އުފެދުނު މި ޚިޔާލު ތަފާތުވުންތައް މިހާރު ވަނީ އިސްރާއީލުގެ މަގުމައްޗަށްވެސް ނުކުމެފައެވެ. އެގޮތުން، ގޮޓްލީވްއާއި އޭނާ ނިސްބަތްވާ ޕާޓީއަށް ތާއީދުކުރާ ފަރާތްތަކުން ވަނީ، އެންމެ ފަހުން ބޭއްވި އިންތިޚާބުގެ ނަތީޖާއަކީ އޮޅުވާލާފައިވާ ނަތީޖާއެއް ކަމަށް ތުހުމަތުކޮށް، އެކަމާ ދެކޮޅަށް އާންމު މުޒާހަރާތަކެއް ފަށާނެ ކަމުގެ އިންޒާރު ދީފައެވެ.

މި ހާދިސާއާ ގުޅިގެން ވާހަކަދައްކަވަމުން "ޔެޝް އަޓިޑް" ޕާޓީގެ މެންބަރު އާދީ އަޒޫޒް ވަނީ ގޮޓްލީވްއަށް ވަރަށް ބޮޑަށް ފާޑު ކިޔާފައެވެ. އަޒޫޒް ބުނި ގޮތުގައި، ފާއިތުވި ހަތަރު އަހަރު ސަރުކާރުގެ ތެރޭގައި ގޮޓްލީވް ހޭދަކުރި އިރު ރައްޔިތުންނަށް ފައިދާހުރި އެންމެ ޤާނޫނެއްގެ ދެލިކޮޕީވެސް ހުށަހަޅާފައެއް ނުވެއެވެ. އޭގެ ބަދަލުގައި އޭނާ ކުރި ހުރިހާވެސް ކަމަކީ މަޖިލީހުގެ ތެރޭގައި އަޑުގަދަކޮށް އެހެން މެންބަރުންނަށް ހުތުރު ބަހުން މުޚާޠަބުކުރުން ކަމަށް އަޒޫޒް ބުނެފައި ވެއެވެ.

ހިއްސާ ކުރައްވާ!