އިންޑިއާއާއި މިޔަންމާއާއި ބަނގްލަދޭޝްގެ ވިޔަފާރި ނާރެސް

އިންޑިއާއާއި މިޔަންމާރއާއި ބަނގްލަދޭޝްގެ ވިޔަފާރިއަށް ފަހިކޮށްދޭ، ކަލަޑަން މަލްޓި-މޯޑަލް ޓްރާންސިޓް ޓްރާންސްޕޯޓް ޕްރޮޖެކްޓް (ކޭއެމްޓީޓީޕީ) އިން އިންޑިޔާ އާއި މިޔަންމާގެ އިތުރުން ބަންގްލަދޭޝްއަށްވެސް ފައިދާ ކުރާނެކަމަށް މި މަޝްރޫޢުގައި އުޅޭ ފަރާތްތަކުން ބުނެއެވެ. މި ވާހަކަތައް އައިސްފައިވަނީ އިންޑިޔާގެ ސަރަޙައްދުގައި ބޯޑަރު ފެންސިން ޕްރޮޖެކްޓާމެދު ބަންގްލަދޭޝްއިން އިއުތިރާޒު ކުރަމުންދާ ވަގުތެއްގައެވެ.  އިންޑިޔާ އާއި ބަންގްލަދޭޝްގެ ދެމެދުގައި ގުޅުން ގޯސްވެފައި ވަނީ ޑރ. ޔޫނުސްގެ އައު ސަރުކާރު އައުމުންނެވެ.

ޝެއިޚް ހަސީނާގެ ސަރުކާރު ވައްޓާލުމަށްފަހު އިންޑިޔާ އާއި ބަންގްލަދޭޝްގެ ގުޅުން ގޯސްވެފައިވެއެވެ.

ކޮރަޕްޝަން އާއި އިންސާނީ ޙައްޤުތަކާ ޚިލާފު ޢަމަލުތަކުގެ ތުހުމަތުގައި ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު، އިސްތިއުފާ ދެއްވުމަށްފަހު މިހާރު ވަނީ އިންޑިޔާގައި ސިޔާސީ ހިމާޔަތް ހޯއްދަވާފައެވެ. މިކަމާ ގުޅިގެން މިހާރުގެ ޑާކާ ސަރުކާރުން ވަނީ އެކަމަނާ ޝަރީއަތަށް ޑާކާއަށް ފޮނުވުމަށް އެދިފައެވެ.

"ކޭއެމްޓީޓީޕީ އިން ބަންގްލަދޭޝް، މިޔަންމާ، އަދި އެންމެންނަށްވެސް ފައިދާވާނެ،" މަޢުލޫމާތު ދިން ފަރާތްތަކުން ބުނެއެވެ.

ކޭއެމްޓީޓީޕީ ފަރުމާކުރެވިފައިވަނީ އިންޑިޔާގެ އިރުމަތީ ބަނދަރުތައް މިޔަންމާގެ ސިޓްވޭ ބަނދަރާ ގުޅުވައި، ކަނޑު، ކޯރު އަދި އެއްގަމު މަގު މެދުވެރިކޮށް އިންޑިޔާގެ އިރުމަތީ އުތުރު ސަރަހައްދުތައް ގުޅުވާލުމަށެވެ.

މި މަޝްރޫޢުގައި ހިމެނެނީ ސިޓްވޭ އިން ފެށިގެން މިޔަންމާގެ ޕަލެޓްވާއަށް ދެވޭ 158 ކިލޯމީޓަރުގެ އެތެރެވަރީގެ ދަތުރުފަތުރުގެ މަގަކާއި، ޕަލެޓްވާ އިން ފެށިގެން އިންޑިޔާ-މިޔަންމާ ބޯޑަރުގައިވާ މިޒޯރާމްގެ ޒޯރިންޕުއީއާ ހަމައަށް ދެވޭ 109 ކިލޯމީޓަރުގެ މަގެކެވެ.

ކޮލްކަތާއިން ސިޓްވޭ ބަނދަރަށް ފޮނުވާ މުދާ 60 ނޯޓިކަލް މޭލުގެ ދުރުމިނުގައިވާ ބަންގްލަދޭޝްގެ ޓެކްނާފް ބަނދަރަށް މިމަގުން ލައިގެން ފޯރުވައި ދެވޭނެއެވެ.

ޓެކްނާފް އިން ފެށިގެން 300 ކިލޯމީޓަރުގެ މަގުން އިންޑިއާގެ ޓްރިޕުރާގެ ސަބްރޫމަށް ވެސް މުދާ އުފުލޭނެއެވެ. ސަބްރޫމްގައި ހުންނަ ކަސްޓަމްސް ވަސީލަތްތަކުން ބަންގްލަދޭޝް އާއި އިންޑިޔާގެ އިރުމަތީ އުތުރާ ދެމެދު ވިޔަފާރި ފަސޭހަކޮށްދެއެވެ.

ހިއްސާ ކުރައްވާ!