އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގެ ސަރުކާރުން ފަލަސްޠީނުގެ މިނިވަންކަމަށް ގޮވާލާ ބިދޭސި ކިޔަވާ ކުދިން އެމެރިކާއިން ބޭރުކުރުމަށް ގޮވާލާ ގަރާރެއްގައި ސޮއިކުރައްވާނެ ކަމަށް ބެލެވެއެވެ.
މި ގަރާރުގެ ދަށުން، އެމެރިކާގައި ޔަހޫދީން ބިރު ގަންނާނެ ފަދަ އަމަލުތައް ހިންގާ މީހުންނާއި ފަލަސްޠީނުގެ މިނިވަންކަމަށް ގޮވާލާ މީހުންނާއި ޔަހޫދުން ހިތު ޖެހޭ ޒާތުގެ ކަންކަން ކުރާ މީހުންނަށް އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުން ދައުވާ ކުރުމަށް މަޖުބޫރު ވާނެއެވެ.
އަދި ހަމައެހެންމެ، ފަލަސްޠީނުގެ މިނިވަންކަމަށް ގޮވާލައި އަދި އެފަދަ އިހުތިޖާޖުތަކުގައި ބައިވެރިވާ ނުވަތަ މާޒީގައި ބައިވެރިވި ހުރިހާ ބިދޭސީންނަށް ވެސް މިއީ އިންޒާރެއް ކަމަށް އެމެރިކާއިން ބުނެއެވެ.
މި ފިޔަވަޅާއެކު ފަލަސްޠީނުގެ މިނިވަންކަމުގެ އެއްވެސް ހަރަކާތެއް އެމެރިކާގެ އެއްވެސް ކެމްޕަސްއެއްގައި ހިންގުން މަނާވާނެއެވެ. މި ކަންކަމަކީ އިންސާނީ ޙައްޤުތަކާ ޚިލާފު، އަދި ހައްގު ބަސްބުނުމުގެ މިނިވަންކަމަށް ހުރަސްއަޅާ ކަންކަން ކަމުގައި ވިއަސް އެމެރިކާއިން އެކަމަށް ފަރުވާލެއް ނުބަހައްޓާނެއެވެ.
މި ގަރާރަކީ ޔަހޫދީ ޓެރަރިސްޓް ޒަޔަނިސްޓުންގެ ހަނގުރާމައިގެ ޖަރީމާތަކަށް އެމެރިކާއިން ވާގިވެރިވެ، ގަތުލުއާންމާ ދެކޮޅަށް އެމެރިކާގައި ކުރާ އިހުތިޖާޖުތައް ކޮންޓްރޯލު ކުރުމަށް ޓްރަމްޕް ބޭނުންކުރާ އުކުޅެއް ކަމަށް ބެލެވެއެވެ.





