ވަޓްސަޕް މެދުވެރިކޮށް ނޫސްވެރިންނަށް ޖާސޫސް ކުރަނީ

މައުލޫމާތުގެ ރަސްމަގުގައި ޖާސޫސްކޮށް މީހުންނަށް ފާރަލާ އިޒްރޭލު ކުންފުންޏަކުން، ގާތްގަނޑަކަށް 100 ނޫސްވެރިންނާއި މަދަނީ ޖަމިއްޔާތަކުގެ މެމްބަރުންނާ ދެކޮޅަށް ވަޓްސްއެޕް މެދުވެރިކޮށް ޖާސޫސް ކުރަމުންދާ ކަމަށް ތުހުމަތުކޮށްފިއެވެ.

މި ނޫސްވެރިންނާ ދެކޮޅަށް ޖާސޫސް ކުރުމަށް މަސައްކަތް ކުރަނީ ޒަޔަނިސްޓު ނާޒީ ނިޒާމުގެ ސްޕައިވެއާ ކުންފުނި ޕެރަގަން އިން ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ވަޓްސްއެޕް މެދުވެރިކޮށް ޖާސޫސް ކުރުމަށް އަމާޒުކުރި ފަރާތްތައް ތިބި ގައުމުތައް ހާމަކޮށްފައި ނުވި ނަމަވެސް އިޒްރޭލުގެ ޣެއިރު ގާނޫނީ އަމަލާ ގުޅިގެން ޕެރަގަންގެ އެ މަސައްކަތް ހުއްޓާލުމަށް މެޓާ ކުންފުނިން ވަނީ ސިޓީއެއް ފޮނުވާފައެވެ.

މެޓާއިން ބުނެފައި ވަނީ މީގެ ކުރިން ކުރިއަށް ގެންދިޔަ މިފަދަ އަމަލެއް ހުއްޓުވި ކަމަށާއި އަދި ޑިސެމްބަރު މަހު ސްޕައިވޭއާ ކެމްޕޭނަށް ކާމިޔާބުކަމާއެކު ބުރޫއަރާ ލެވުނު ކަމަށެވެ.

އިޒްރޭލުގެ ޕެރަގަންގެ އޮފީސް ހުންނަނީ، އެމެރިކާގެ ވާޖިނިއާގެ ޗަންޓިލީގައެވެ.

ވައިރެޑް އިން މިދިޔަ އޮކްޓޯބަރު މަހު ރިޕޯޓްކޮށްފައިވާ ގޮތުގައި ޕެރަގަން ކުންފުންޏަށް ވަނީ އެމެރިކާގެ އިމިގްރޭޝަން އެންޑް ކަސްޓަމްސް އެންފޯސްމަންޓް (އައިސް) އިން ދެ މިލިއަން ޑޮލަރުގެ ކޮންޓްރެކްޓެއް ލިބިފައެވެ. ނަމަވެސް ފަހުން އައިސްއިން ވަނީ ބައިޑަންގެ ސަރުކާރުގެ އަމުރަށް އެ ކޮންޓްރެކްޓް ސަސްޕެންޑްކޮށްފަ އެވެ.

ހިއްސާ ކުރައްވާ!