ފަލަސްޠީނު މީހުންގެ ނަސްލު ނެތިކޮށްލުމަށް ގޮވާލި މީހާ މަގާމުން ދުރުކުރުމަށް ގޮވާލައިފި

އެމެރިކާގެ ހޮލޮކޯސްޓް މެމޯރިއަލް ކައުންސިލްގެ މެމްބަރު މާޓިން އޮލިނާ މަގާމުން ދުރުކުރުމަށް އެމެރިކާގެ މުސްލިމުންގެ ހައްގަށް މަސައްކަތް ކުރާ ކައުންސިލް އޮން އެމެރިކަން-އިސްލާމިކް ރިލޭޝަންސް ކެއަރ ޖަމުއިއްޔާއިން ގޮވާލައިފި އެވެ.

ރިލީޖިއަސް ޒަޔަނިސްޓްސް އޮފް އެމެރިކާގެ ޗެއާމަންގެ މަގާމު ވެސް އަދާކުރާ އަދި ކަލްޗާ ފޯ ޕީސް އިންސްޓިޓިއުޓާއި ޔަހޫދީ އެޖެންސީގެ ރައީސްގެ ދައުރު އަދާކުރާ އޮލިނަރ ވަނީ ޖެރޫސަލަމް ޕޯސްޓުގައި ޝާއިއުކުރި އެޑިޓޯރިއަލްއެއްގައި ފަލަސްޠީނު މީހުންނަކީ ދިރި ބައިތިއްބަންވެސް ހެޔޮ ނުވާވަރުގެ ބަޔެއް ކަމަށް ބުނެފައެވެ.  އެ ލިޔުމުގައި އޭނާ ބުނެފައި ވަނީ "ޣައްޒާގެ ރައްޔިތުންނަކީ ގަނޑުކޮށް އިޒްރޭލާ ދެކޮޅު ޖަރީމާތަކުގައި ބައިވެރިވާ ބަޔެއް. އެއީ އުފެދުމުގައިވެސް ނުބައި ނުލަފާ ބަޔެއް ކަމަށާއި، އެމީހުންގެ އަމަލުތަކުގެ އަގު ދައްކަން ޖެހޭނެ" ކަމަށެވެ.

1980ގައި އުފެއްދި އެމެރިކާގެ ހޮލޮކޯސްޓް މެމޯރިއަލް ކައުންސިލަކީ އެމެރިކާގެ ކޮންގްރެސްއިން ފާސްކޮށްފައިވާ ގާނޫނަކުން އުފައްދާފައިވާ އިދާރާއެކެވެ.

އޮލިނަރ ލިޔެފައި ވަނީ ޣައްޒާ މީހުންނަކީ ރަހުމު ކުރުމަށް އެކަށީގެންވާ  ބަޔެއް ނޫން ކަމަށެވެ.

ޔަހޫދީ މީހާގެ ޒަޔަނިސްޓު ހަނގުރާމައިގެ ޖަރީމާތަކަށް ވާގިވެރިވާ ލިޔުން އެމެރިކާގެ ސަމާލުކަމަށް ގެނަސް ކެއަރ އިން ވަނީ އޮލިނަރގެ ބަޔާންތަކާއި އަދި ޖެރޫސަލަމް ޕޯސްޓުން "ނަސްލީ ތަފާތުކުރުންތަކާއި ނަސްލު ނައްތާލުމުގެ ވާހަކައެއް" ކަމަށް ސިފަކުރި ލިޔުން ކުށްވެރިކުރާ ކަމަށް ބުނެފައެވެ.

އެ ޖަމިއްޔާއިން ވަނީ އޮލިނާ ކައުންސިލުން ވަކި ކުރުމަށް އެމެރިކާގެ ޓްރަމްޕް ރައީސަށް ގޮވާލާފައެވެ.

"އިންސާނިއްޔަތާ ދެކޮޅަށް ޖަރީމާތައް ހިންގަން މީހުންނަށް ހިތްވަރު ލިބެނީ މި ބާވަތުގެ ނަސްލީ ތަފާތުކުރުން، އަދި ނަފްރަތުން ފުރިފައިވާ ވިސްނުންތަކުގެ ސަބަބުން" ކެއަރ އިން ނެރުނު ބަޔާނުގައި ބުނެފައި ވެއެވެ.

ހިއްސާ ކުރައްވާ!