ޒަޔަނިސްޓު ޓެރަރިސްޓު އިޒްރޭލުގެ ގަތުލުއާންމާއި ހަނގުރާމައިގެ ޖަރީމާތަކާ ދެކޮޅަށް ދެކުނު އެފްރިކާއިން ދައުވާ ކުރުމުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެކުނު އެފްރިކާއަށް ފިއްތަން ފަށައިފިއެވެ. އެމެރިކާގެ މުސްލިމުންގެ ޖަމުއިއްޔާ ކެއަރ އިން ވަނީ ޓްރަމްޕު، ދެކުނު އެފްރިކާއިން ބަދަލު ހިފަނީ ކަމަށް ބުނެ ޓްރަމްޕްގެ ލާއިންސާނީ އަމަލު ކުށްވެރިކޮށްފައެވެ. މެއަރ އިން ބުނެފައި ވަނީ ޓްރަމްޕް ދައްކައި ދެނީ އޭނާއަކީ ދެކުނު އެފްރިކާގެ ބިން ކޮންޓްރޯލު ކުރާ ނަސްލީ ތަފާތު ކުރުމަށް ވާގިވެރިވާ މީހުންގެ އާރުކާޓީއެއްގެ ގޮތުގައެވެ.
ޓްރަމްޕް ކަން ބޮޑުވެފައި ވަނީ، ދެކުނު އެފްރިކާއިން ފާސްކުރި ގާނޫނަކަށް ފަހުއެވެ. އެ ގާނޫނުގައި ބުނެފައި ވަނީ، ސަރުކާރަށް ބޭނުންވެއްޖެ މުހިންމު ބިމެއް ކަމަށް ފާހަގަ ކުރެވޭ ބިންތައް ގައުމީ މަސްލަހަތަށްޓަކައި ނެގުމުގެ ބާރު ސަރުކާރަށް އޮންނާނެ ކަމަށެވެ.
ދެކުނު އެފްރިކާގެ ދަނޑުވެރިކަމުގެ ބިންތަކުގެ %75 ކޮންޓްރޯލު ކުރަނީ ދޮން މީހުންނެވެ. ނަމަވެސް އާބާދީގެ 80 ޕަސެންޓަކީ ކަޅު ނަސްލުގެ މީހުންނެވެ. އެމީހުންގެ އަތުގައި އޮންނަނީ ބިމުގެ އެންމެ 4 ޕަސެންޓެވެ.
ކެއަރއިން ބުނެފައި ވަނީ ބަޔަކު ބިން ހިފާތީ ޓްރަމްޕް ކަން ބޮޑުވާނަމަ އިޒްރޭލު ހިފައިގެން އުޅޭ ފަލަސްޠީނާއި ސޫރިޔާގެ ބިންތަކާ ހެދި ކަންބޮޑުވާން މާރަގަޅުވީސް ކަމަށެވެ.






