ޓްރަމްޕް ދެކުނު އެފްރިކާއާ ދެކޮޅަށް ޕްރޮޕެގެންޑާ ކުރަނީ

އަންނަ އަހަރު އެމެރިކާގައި ބާއްވާ ޖީ20ގެ މާހާސިންތާއަށް ދެކުނު އެފްރިކާއަށް ދައުވަތު ނުދޭނެ ކަމަށް ޓްރަމްޕް ބުނެފިއެވެ. ދެކުނު އެފްރިކާއިން ފަލަސްޠިނު މީހުންގެ ހައްގުގައި ވާހަކަ ދެއްކުމުން ޓްރަމްޕް ވަނީ ދެކުނު އެފްރިކާއާ ދެކޮޅަށް ދަތުކުރުމުގެ ފިޔަވަޅު އަޅާފައެވެ.

ޓްރަމްޕް ބުނަނީ ދެކުނު އެފްރިކާއިން ދޮން މީހުންގެ އިންސާނީ ހައްގަށް އަރައި ގަންނާތީ އެކަމާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ދެކުނު އެފްރިކާއަށް ދައުވަތު ނުދެނީ ކަމަށެވެ.

މިއިރު ދޮން މީހުންނަކީ ދެކުނު އެފްރިކާގެ ދަނޑު ބިމުގެ 80 ޕަސެންޓް ކޮންޓްރޯލު ކުރާ މީހުންނެވެ.

ދެކުނު އެފްރިކާއިން ބުނެފައި ވަނީ އެގައުމަކީ އަމިއްލަ ސިޔާދަތާއެކު ޖީ20 ގައި ބައިވެރިވެފައިވާ މެމްބަރެއް ކަމަށާއި އެ ޖަމާއަތުގައި ދެކުނު އެފްރިކާގެ ހައިސިއްޔަތާ މެދު ގޮތް ނިންމާނީ އެހެން މެމްބަރުން ކަމަށެވެ.

ޓްރަމްޕަކީ އޭނާގެ ޒަޔަނިސްޓު ފިކުރަށް ސަޕޯޓު ކުރުމުގެ ގޮތުން ދޮގު ވާހަކަ ފަތުރައި ޕްރޮޕެގެންޑާ ކުރާ މީހެކެވެ.

ހިއްސާ ކުރައްވާ!