އުއިގޫރު ނަސްލު ނައްތާލުމަށް ކުރާ މަސައްކަތާ ދެކޮޅަށް އިސް ސަފުގައި އަންހެނުން

ޗައިނާގެ އަނިޔާވެރިކަމާ ހެދި، ޝިންޖިއާންގައި އަންހެނުންނަށް ދަތިތަކަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށް ބައިނަލްއަގްވާމީ އަންހެނުންގެ ދުވަހު ދުނިޔޭގެ އުއިގޫރު ކޮންގްރެސް (ޑަބްލިއުޔޫސީ) އިން ބުނެފިއެވެ.

ޗައިނާއިން ޝިންޖިއާންގައި ހިންގާ ކޭމްޕްތަކުގައި ގެއްލިފައިވާ ގާތްތިމާގެ މީހުންނަށް އިންސާފު ހޯދުމަށް އެދޭ މައިންނާއި އަނބިން ވަނީ ޗައިނާ ސަރުކާރުގެ ނިޒާމީ އަނިޔާތަކާ ދެކޮޅަށް ވާހަކަ ދައްކައި އެކަންކަމަށް ދުނިޔޭގެ ސަމާލުކަން ހޯދުމަށް އަންހެނުންގެ ދުވަހު ފޯރަމްތައް ބާއްވާފައެވެ.

ޝިންޖިއާން ސަރަހައްދުގައި އުއިގޫރު އަންހެނުންނަށް ލިބެމުންދާ ތަކުލީފުތައް ހިއްސާ ކުރަމުން އެފަރާތްތަކުން ބުނެފައި ވަނީ، މަޖުބޫރުކޮށްގެން ދަރިމައިނުވާ ގޮތް ހެދުމާއި، އަންހެނުން ބަންދުކޮށްގެން ގެންގުޅުމާއި އަނިޔާތަކަށް ކެތް ކުރަން ޖެހުމާއި، ޗައިނާގެ އަނިޔާވެރި ސިޔާސަތުތަކާ ކުރިމަތިލާން ޖެހިފައިވާ ކަމެވެ.

ޝިންޖިއާންގެ އަންހެނުންގެ ހާލަތު ހީވެސް ނުކުރާ މިންވަރަށް ދަށުދަރަޖައިގައި އޮތް ކަމަށާއި، އެމީހުން އަބަދުވެސް ދައްކަނީ އާދަޔާ ހިލާފު ކެތްތެރިކަމެއް  ކަން ފާހަގަ ކޮށްފައި ވެއެވެ.

ޝިންޖިއާންގެ މުސްލިމުން ދަނީ އެމީހުންގެ ސަގާފަތާއި އައިޑެންޓިޓީ ދަމަހައްޓަން ގަދައަޅައި ހަނގުރާމަ ކުރަމުންނެވެ.

ޑަބްލިއުޔޫސީން އިތުރަށް ބުނެފައި ވަނީ، ޗައިނާގެ ކޮމިއުނިސްޓް ޕާޓީ އިން އަންހެނުންގެ ޖިންސަށް އަމާޒުކޮށްގެން ހަމަލަތަކެއް ދެމުންދޭ ކަމަށާއި އެމީހުންގެ އަމާޒަކީ، އުއިގޫރު ސަގާފަތް ފޮހެލުމަށް މަސައްކަތް ކުރުން ކަމަށް ބުނެފައި ވެއެވެ.

އެގޮތުން އުއިގޫރު އަންހެނުންނަށް މަޖުބޫރުކޮށްގެން ދަރިފުޅު ވައްޓާލުމާއި، ދަރިމައިނުވަ ގޮތް ހެދުމާއި މަޖުބޫރުކޮށްގެން ކައިވެނި ކުރުމަކީ ވެސް ކުރަމުން ގެންދާ ކަމެއް ކަމަށާއި މިކަންކަމަކީ ކުރިމަގުގެ ޖީލުތައް ފޮހެލުން ކަމަށް ބުނެއެވެ.

ހިއްސާ ކުރައްވާ!