ޕާކިސްތާނުންން ޔޫއޭއީއަށް ވަގު ފައިސާ ފޮނުވާފައިވާކަމަށް ފާހަގަކުރެވިއްޖެ

ޕާކިސްތާނުގެ ފެޑެރަލް ބޯޑް އޮފް ރެވެނިއު (އެފްބީއާރު) އިން ވަނީ އެގައުމުން ގިނަ އަދަދަކަށް ޔޫއޭއީއަށް ވަގަށް ފައިސާ ފޮނުވާކަން ފާހަގަ ކޮށްފައެވެ. އެތެރޭގައި ތިބޭ 70 އަށް ވުރެ ގިނަ ރިއަލް އެސްޓޭޓް އޭޖެންޓުން ހަވާލާ ފަދަ ނުރަސްމީ ޗެނަލްތަކުން ޔޫއޭއީއަށް ބޮޑެތި އަދަދުތަކުން ފައިސާ ފޮނުވާފައިވާ ކަމަށް ބުނެ ފްލެގްކޮށްފައިވާ ކަމަށް ދަ ނިއުސް އިން ހާމަކޮށްފިއެވެ.

މި ފައިސާ ފޮނުވުމުގެ މުއާމަލާތްތަކަކީ އޯޕަން މާކެޓުން ބޭރު ފައިސާ ގަތުމާ ގުޅިފައިވާ ކަމެއް ކަމަށް ވެއެވެ. މި ފަންޑުތައް ދުބާއީގެ ޕްރޮޕަޓީ މާކެޓަށް އިންވެސްޓް ކުރުމުގެ ސަބަބުން ޕާކިސްތާނުގެ އެކްސްޗޭންޖް ރޭޓަށް ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށް ވެސް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

ކަމާބެހޭ ފަރާތްތަކުން ފާހަގަކުރި ގޮތުގައި، މި އޭޖެންޓުން ރެގިއުލޭޓެޑް ފައިނޭންޝަލް ސިސްޓަމްތައް ބައިޕާސްކޮށްފައިވާއިރު، ބައެއް މުއާމަލާތްތަކުގައި ދެ މިލިއަން ދިރުހަމަށް ވުރެން ގިނައިން ފޮނުވާފައި ވެއެވެ. ރިއަލް އެސްޓޭޓްގެ އެތެރޭގެ ފަރާތްތަކުން މި ޕްރެކްޓިސް އަކީ އާދަވެގެން ކުރިއަށް ގެންދާ ޕްރެކްޓިސްއެއް ކަމަށް ކިޔާފައިވާއިރު، ގިނަ ފަހަރަށް މިފަދަ މުއާމަލާތްތައް ކުރެވެނީ އެކްސްޗޭންޖް ކުންފުނިތަކުގައި ހަރުދަނާ އޯޑިޓެއް ނެތުމުން ކަމަށް ވެސް ފާހަގަކޮށްފައިވެއެވެ.

މީގެ އިތުރުން، ޕާކިސްތާނުގައި ހަވާލާ ނިޒާމަކީ އިތުބާރުގެ މައްޗަށް ބިނާވެފައިވާ މަނީ ޓްރާންސްފާ ނިޒާމެއް ކަމުން އެކަން މީހުންގެ މެދުގައި ބާރަށް ކުރިއަރަމުން އަންނަކަން ވެސް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. މި ނިޒާމަކީ ޕާކިސްތާނުގެ 457 ބިލިއަން ޑޮލަރުގެ ނުރަސްމީ އިގްތިސާދުގައި ހިމެނޭ، ރަސްމީ ދާއިރާއަށްވުރެ 64 ޕަސެންޓް ކުރިއަރާފައިވާ ނިޒާމެކެވެ.

ރެގިއުލޭޓަރީ ހުރަސްތަކާއި ބޭންކުތަކަށް އިތުބާރު ނެތުމުގެ ސަބަބުން މި ހިޔަނި އިގްތިސާދުގެ ސަބަބުން ނާޖާއިޒު ފައިނޭންސްއާ އޮންނަ ގުޅުންތައް އޮއްބާލައި، ޓެކްސް ނުދައްކައި އުޅުމުގެ ކަންބޮޑުވުންތައް އުޅޭކަމަށް ވެސް ރިޕޯޓުގައި ބުނެފައިވެއެވެ. އަދި ހަވާލާއިން ސައްހަ މަގުތަކުން ފައިސާ ފޮނުވުމަށް އެހީތެރިވާއިރު، އެކަން ނިޒާމެއް ގެ ތެރެއަށް ފައްތާފައި ނެތުމުން މަނީ ލޯންޑަރިން އާއި ސްމާގްލިންގ އަށް އެހީތެރިވެދީ، ގަވަރނަންސްގެ މަސައްކަތްތައް އުނދަގޫވާ ކަމަށް ވެސް ފާހަގަކޮށްފައިވެއެވެ.

ޕާކިސްތާނަކީ އިންޓަރނޭޝަނަލް ފައިނޭންސްގެ ވޮޗްޑޯގްގެ ގްރޭލިސްޓްގައި ފާހަގަވެފައިވާތީ އެއިން ސަލާމަތްވާން މަސައްކަތް ކުރާ ގައުމެކެވެ.

 

ހިއްސާ ކުރައްވާ!