ސިނާއަތުގައި ޗައިނާއަށް މިއަހަރުގެ އަމާޒަށް ވާސިލު ވެވޭނެ ބާ؟

ޗައިނާގެ އުފެއްދުންތެރިކަން 1990 ގެ އަހަރުތަކުގައި ވަރަށް ބާރަށް ކުރިއަރާފައިވަނީ އަގުހެޔޮ ލޭބަރާއި ބޭރުގެ އިންވެސްޓްމަންޓުގެ ސަބަބުންނެވެ. އެކަމަކު 2022 ވަނަ އަހަރު ނެރުނު ރިޕޯޓެއްގައި ބުނެފައި ވަނީ ޗައިނާއިން އަމިއްލައަށް ގިނައިން އުފައްދަނީ އަގު ހެޔޮ މުދާ ކަމަށާއި ހައިޓެކް މުދަލަށް ބަރޯސާވެފައިވަނީ އިމްޕޯޓަށް ކަމަށެވެ. މިހަރު އެކަން ވަނީ ބަދަލު ވެގެން ގޮސްފައެވެ. ނަމަވެސް އަދިވެސް ލީޑަރަކީ އެމެރިކާއެވެ.

2015 ވަނަ އަހަރު ޗައިނާއިން ވަނީ ރޮބޮޓްތަކާއި، ބޯޓު، އަދި އިލެކްޓްރިކް ކާރު ފަދަ ދާއިރާތަކުން ޓެކް ލީޑަރަކަށް ވުމަށް "މޭޑް އިން ޗައިނާ 2025″ ކެމްޕޭން ފަށާފައެވެ. އެކަމުގެ ނަތީޖާ މިހާރު ދަނީ ފެންނަމުންނެވެ.

ޗައިނާގެ އަމާޒަކީ މިހިނގަމުން މިދާ 2025 ވަނަ އަހަރުގެ ނިޔަލަށް މި ސިނާއަތްތަކުގެ މައްޗަށް ބާރުފޯރުވައި ދުނިޔޭގެ ލީޑަރަކަށް ވާށެވެ.

އެހެންވެ އެމެރިކާއިން ވަނީ ޓެރިފް ބޮޑުކޮށް ދަތިކުރުމުގެ ފިޔަވަޅު އަޅާފައެވެ. އެމެރިކާއިން ތުހުމަތު ކުރަނީ ޗައިނާއިން ޓެކްނޮލޮޖީ ވަގަށް ނަގައި، ނުހައްގުން ވިޔަފާރި ކުރާ ކަމަށެވެ. އަދި ޓްރަމްޕް ވިޔަފާރީގެ ހަނގުރާމައެއް ފެށުމުން ޗައިނާއިން ވެސް ވަނީ ރައްދުގައި ހަނގުރާމަ އިއުލާން ކޮށްފައެވެ.

ޗައިނާގެ އަމިއްލަ އުފެއްދުންތައް ހައިޓެކް ކުރުމުގެ މި ޕްލޭންގައި ބޮޑެތި އަމާޒުތަކެއް ކަނޑައެޅިފައި ވެއެވެ. އެގޮތުން، ޗައިނާގެ އިލެކްޓްރިކް ކާރު މާކެޓުގެ %90އަށް ފުޅާ ކުރުމާއި ދުނިޔޭގެ %70 އިންޑަސްޓްރިއަލް ރޮބޮޓް އުފައްދަނީ ޗައިނާއިން ކަމަށް ހެދުން ފަދަ ކަންކަން ހިމެނެއެވެ.

ޗައިނާގެ މި މަގްސަދު ހާސިލު ކުރުމުގައި ދަނީ މަޑުމަޑުން ކުރިއަށެވެ. މިސާލަކަށް ޗައިނާ އިން އަމިއްލައަށް އުފައްދާފައިވާ މަތިންދާބޯޓު ސީ-919 ވަނީ އުފައްދައި ޓެސްޓް ކޮށް މިހާރު ލާއޮސްގެ އެއާލައިނަކަށް ބޯޓުތައް ކުއްޔަށް ދޭން ފަށާފައެވެ. ނަމަވެސް އެ ބޯޓު 2023 ވަނަ އަހަރު އުދުއްސުމުގައި ފެއިލްވީ އެ ބޯޓުގައި އެކުގައި ރަނގަޅަށް މަސައްކަތް ނުކުރާ ބޭރުގެ ބައިތައް ބޭނުން ކޮށްގެންނެވެ.

ޗައިނާއިން ފަހުން މި ދާއިރާއަށް ނިކުތް ކަމުގައި ވިއަސް ޗައިނާ އޮތީ އަދިވެސް އޮތީ ބޮއިންގް އަދި އެއާބަސް ފަދަ ކުންފުނިތަކުގެ ފަހަތުންނެވެ.

2025 ވަނަ އަހަރު ނިމެން ދާއިރު ޗައިނާގެ، ލަނޑުދަނޑިތައް ހާސިލް ނުވިޔަސް ޗައިނާއިން ބޮޑެތި ކާމިޔާބީތަކެއް ހޯދާނެއެވެ.

އެއް ޒަމާނެއްގައި ޗައިނާ ކުރިއަރާފައިވަނީ ޓައިވާން އާއި ޖަޕާން ފަދަ ތަންތަނުން ޓެކްނޮލޮޖީ ހޯދައިގެންނެވެ. މިހާރު، ގްލޯބަލް ސަޕްލައި ޗޭންސް ބަދަލުވަމުންދިއުމާ އެކު އެކަން ވަނީ އުދަގޫ ކަމަކަށް ވެފައެވެ.

ހިއްސާ ކުރައްވާ!