ފޮޓޯނަގާފައި ވަނީ އިޒްރޭލު މީޑިއާއިން:
ރައީސުލްޖުމްހޫރިއްޔާ ޑރ، މުޙައްމަދު މުޢިއްޒުގެ ސަރުކާރުން މިއަދު އެޅުއްވި ހިތްވަރުގަދަ ފިޔަވަޅާ ބެހޭ ގޮތުން ޒަޔަނިސްޓުންގެ މީޑިއާގައި ރިޕޯޓުކޮށްފިއެވެ. އިޒްރޭލުގެ ޓީވީ ޗެނަލްތަކާއި ސިފައިންގެ ރޭޑިއޯއާއީ ކާންއާއި އިލެކްޓްރޯނިކް މީޑިއާގައި އެކަން ފާހަގަކޮށް އިބްރާނީ ބަހުން ޚަބަރު ގެނަސްދީފައި ވެއެވެ. އަދި ޖުއިޝް ވެބްގައިވެސް ފުޅާ ކަވަރޭޖެއް ދީފައި ވެއެވެ.
ޒަޔަނިސްޓުން ޚަބަރު ނިންމާލާފައި ވަނީ މޯލްޑިވްސްއަކީ އިޒްރޭލާ ދެކޮޅަށް އުދުވާނީ ސުލޫކެއް ގެންގުޅޭ ޤައުމެއް ކަމަށް ބުނަމުންނެވެ.
ބައެއް މީޑިއާގައި ރައީސް އިންޑިއާއަށް ކުރެއްވި ދަތުރުފުޅުން ނަގާފައިވާ ފައިލް ފޮޓޯވެސް ޖަހާފައި ވެއެވެ.
އަދި ދެކުނު އެފްރިކާއިން ޒަޔަނިސްޓުންގެ ޤަތުލުއާންމާ ގުޅިގެން ކޮށްފައިވާ ދައުވާއަށް ރައީސް މުޢިއްޒުގެ ސަރުކާރުން، ތަދައްޚުލުވި ކަންވެސް ޚަބަރުގައި ގެނަސްދީފައި ވެއެވެ.
އިޒްރޭލު ފިޔަވައި އެހެން ޤައުމުތަކުންވެސް ރައީސްގެ ހިތްވަރުގަދަ ނިންމެވުމުގެ ޚަބަރު ގެނަސްދީފައި ވެއެވެ. އެފްރިކާގައި އެންމެ ބޮޑު ކަވަރޭޖެއް ދީފައި ވަނީ ނައިޖީރިޔާގެ އެންމެ ބޮޑު ދުވަހު ނޫހުންނެވެ.





