ޓްރަމްޕް އަމަލް ކްލޫނީއާ ޖައްސާލައިގެން އުޅެނީ ކީއްވެ؟

ނަތަންޔާހޫގެ ނަސްލު ސާފުކޮށްލުމާއި ހަނގުރާމައިގެ ޖަރީމާތައް ހިންގުމާ ގުޅިގެން އޭނާގެ ޝަރީއަތް ކުރަން ޖެހޭނެ ކަމަށް ބުނެ އިންޓަރނޭޝަނަލް ކްރިމިނަލް ކޯޓަށް ގާނޫނީ ލަފާދިން އަމަލް ކުލޫނީ އެމެރިކާއަށް ވަނުން ޓްރަމްޕް މަނާކޮށްފާނެ ކަމަށް ބުނެ ފަރުވާތެރިވުމަށް އިނގިރޭސިވިލާތުގެ ޚާރިޖީ ވުޒާއިން ނަސޭހަތްތެރި ވެއްޖެއެވެ. ފައިނޭންޝަލް ޓައިމްސްއިން ބުނެފައި ވަނީ ކުލޫނީއާއި އެހެން ގާނޫނީ ވަކީލުންނަށްވެސް އެހެން މެދުވެރިވެދާނެ ކަމަށް ބުނެ ފަރުވާތެރިވުމަށް ނަސޭހަތްތެރި ވެފައިވާ ކަމަށެވެ.

ކުލޫނީ އެމެރިކާގައި ދިރިއުޅެނީ ފިލްމީތަރި ފިރިމީހާ ޖޯޖް ކުލޫނީއާއެކުގައެވެ.

އުމުރުން 78 އަހަރުގެ ޓްރަމްޕް ވަނީ ނަތަންޔާހޫއާއި އޭނާގެ ހަނގުރާމައިގެ އިސްވެރިންނަށް އިންޓަރނޭޝަނަލް ކްރިމިނަލް ކޯޓުން އަޅާފައިވާ އަސާސެއް ނެތް ފިޔަވަޅެއް ކަމަށް ބުނެ އެކަމުގައި އުޅުނު މީހުންނަށް ދަތިކުރާން ފެބްރުއަރީ މަހު ރިއާސީ ގަރާރެއް ނެރެފައެވެ. އަދި ޓްރަމްޕްގެ ނުހޮރޮއްޕާން ކުރުމާ އެކު އައިސީސީގެ އޮފިޝަލުންނާއި މުވައްޒަފުންނާއި އެމީހުންގެ ގާތް އާއިލާގެ މެމްބަރުންނަށް އެމރިކާއިން ވަނީ މާލީ އަދަބުތަކާއި ވިސާ ދިނުމަށް ހުރަސްއަލައި ފިޔަވަޅު އަޅާފައެވެ.

ހިއްސާ ކުރައްވާ!