އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި ކޮކްރޯޗް ޖަންތާ ޕާޓީ (ސީޖޭޕީ) އިން ބޭއްވުމަށް ރޭވި އިހުތިޖާޖާ ގުޅިގެން ސަރުކާރުން އެޅި ހަރުކަށި ސަލާމަތީ ފިޔަވަޅުތަކުގެ ސަބަބުން، ދަތުރުފަތުރުގެ ނިޒާމު މުޅިން ހުއްޓުމަކަށް އައިސް، އެތައް ހާސް އާންމުންނެއް ހާލުގައި ޖެހިއްޖެއެވެ. ނިއުދިއްލީގެ މައި ރެއިލްވޭ ސްޓޭޝަން ހަޒުރަތު ނިޒާމުއްދީނުން ފުރަން ހަމަޖެހިފައިވި ގިނަ އަދަދެއްގެ ޓްރޭންތައް ކެންސަލްކުރުމާއި، މޯބައިލް އިންޓަނެޓްގެ ޚިދުމަތް ސަރުކާރުން މެދު ކަނޑާލުމާ ގުޅިގެން، ޑިޖިޓަލް ފައިސާގެ މުއާމަލާތްތައް (ޔޫޕީއައި) ނުކުރެވި އާންމު ރައްޔިތުން ވަނީ ބޮޑު ތަކުލީފަކާ ކުރިމަތިލާންޖެހިފައެވެ. ސަލާމަތީ ބާރުތަކުން ސިޓީގެ މުހިންމު ސަރަހައްދުތައް ބަންދުކޮށް، ސިފައިންނާއި ފުލުހުން ވަނީ ޚާއްސަ އޮޕަރޭޝަނެއް ފަށާފައެވެ.
މުޒާހަރާ ކުރުުމަށް ހިުއްދަ ކޮށްފައި އޮންނަ ޖަންތަރު މަންތަރު ސަރަހައްދަށް އިހުތިޖާޖުގެ ބައިވެރިން އެއްވުން ހުއްޓުވުމަށްޓަކައި އިންޑިއާގެ ސަރުކާރުން ވަނީ މޯބައިލް އިންޓަނެޓްގެ ޚިދުމަތް ކަނޑާލާފައެވެ. މިއާއެކު ދިއްލީގެ ރެއިލްވޭ ސްޓޭޝަނުގައި ތިބި ގިނަ ދަތުރުވެރިންނަށް ކެއިންބުއިމަށާއި ދަތުރުގެ ޚަރަދުތަކަށް ފައިސާ ދެއްކުމުގައި ބޮޑެތި ހުރަސްތަކެއް ވަނީ ކުރިމަތިވެފައެވެ.
"އަޅުގަނޑުގެ އަތުގައި ފައިސާ ދައްކާނެ ގޮތެއް ނެތް. އިންޓަނެޓްގެ ޚިދުމަތް ކަނޑާލާފައިވުމުން މޯބައިލް ފޯނު މެދުވެރިކޮށް ފައިސާގެ މުއާމަލާތްތައް ކުރުން ވެސް މިވަނީ މުޅިން ހުއްޓިފައި،" ނިއުދިއްލީ ރެއިލްވޭ ސްޓޭޝަނުގައި ތާށިވެފައި ހުރި އުމުރުން 23 އަހަރުގެ އަބިނާވް ބުންޏެވެ.
އިންޑިއާގެ ރެއިލްވޭއިން 250 އަށްވުރެ ގިނަ ރޭލު ދަތުރުތައް ކެންސަލްކުރުމާ ގުޅިގެން އާންމުން ދަނީ ސަރުކާރުގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ. ދަތުރުވެރިން ބުނާ ގޮތުގައި، ސިޔާސީ އިހުތިޖާޖުތަކާއި ސަރުކާރުގެ ހަރުކަށި ފިޔަވަޅުތަކުގެ މެދުގައި ތާށިވެ، އާންމު ރައްޔިތުންގެ ދިރިއުޅުމަށް ދަނީ ބޮޑެތި ހުރަސްތަކެއް ކުރިމަތިވަމުންނެވެ.
މި އިހުތިޖާޖާ ގުޅިގެން ދިއްލީގެ މެޓްރޯ ސްޓޭޝަންތަކުގެ ޚިދުމަތް ވެސް ވަނީ ވަގުތީ ގޮތުން ހުއްޓުވާފައެވެ. ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން ބުނާ ގޮތުގައި، މިފަދަ ފިޔަވަޅުތަކެއް އަޅަންޖެހުނީ ވެރިރަށުގެ އާންމު އިޖުތިމާއީ ހަމަޖެހުމާއި ސަލާމަތީ ކަންކަން ބެލެހެއްޓުމުގެ މުހިންމު ސްޓްރެޓެޖީގެ ދަށުންނެވެ.
ކޮކޮރޮޗް ޕާޓީ ގެ ބައެއް މީހުން ހައްޔަރުކޮށްފައި ވަނީ ދިއްލީއަށް އައިސް މަތިންދާބޯޓުން ނުފައި ބަނީސް ބޯޓު ތެރޭގައި ތިއްބައެވެ.




