އީރާނަށް އެމެރިކާއިން ހަމަލަ ދިނުމަށް ނަތަންޔާހޫ ބާރުއެޅުމަށްފަހު އެކަން ކުރާނެ ތޯ ނޫން ތޯ ނޭނގިގެން ނަތަންޔާހޫ ވަނީ އިޒްރޭލުން އުދުވާނީ ހަމަލައެއް ދިނުމަށް އެމެރިކަގެ ގައުމީ ސަލާމަތާ ބެހޭ މުޝީރު މައިކް ވޯލްޓްޒްއާ އެކު އެކަން ވިލަރެސް ކުރަމުން ގޮސްފައެވެ. ތްރަމްޕްގެ ސިޔާސަތާ ޚިލާފަށް އޭނާ މަސައްކަތް ކުރަމުން ގޮސްފައިވާތީ ޓްރަމްޕް ވަނީ ވޯލްތްޒް މަގާމުން ދުރުކޮށްފައެވެ.
އެމެރިކާ ރައީސް ބޭނުންފުޅު ނުވާ ދިމާއަކަށް ޚާރިޖީ ސިޔާސަތު ގެންގޮސް ޒަޔަނިސްޓުންނާއި ނަތަންޔާހޫއަށް އޭނާ ދީލާލުމުން މަގަމުން ދުރު ކުރީކަމަށް ކަމަށް އެމެރިކާ މީޑިއާއިން ބުނެއެވެ.
އިސް އޮފިޝަލުންނާއި ޓްރަމްޕްގެ އެޑްވައިޒަރުންނާ ހަވާލާދީ ރިޕޯޓްކޮށްފައިވާ ގޮތުގައި ވޯލްޓްޒްއާ މެދު ޓްރަމްޕްގެ މާޔޫސްކަން ބޮޑުވި އެވެ.
ވޯލްޓްޒްއަކީ ސިގްނަލްގޭޓްގައި ވެސް ބައިވެރިވާ މީހެކެވެ. އޭނާ ވަނީ ޔަމަނައަށް ހަމަލަ ދިނުމާ ބެހޭ މަޝްވަރާތައް ކުރެވެމުން ދިޔަ ސިގްނަލް އެޕްގެ ގްރޫޕަށް ދަ އެޓްލާންޓިކްގެ ނޫސްވެރިއަކު ހިމަނާފައެވެ.
އެމެރިކާގެ މަސްލަހަތަށް ވުރެން އިޒްރޭލުގެ މަސްލަހަތު އިސްކުރުމަކީ އެމެރިކާގެ މަސްއޫލު ވެރިންނަށް އާދައިގެ ކަމެކެވެ.






