އިރާގު ޖަލުތަކުގައި ވާނުވާ ޖަހާފައިވާ މީހުންގެ މައްސަލަ ހައްލު ކޮށްފިއެވެ. ވާނުވާ މައްސަލަ ހައްލު ކުރުމަށް މަސައްކަތް ކުރައްވަނީ އިރާގްގެ ޖަސްޓިސް މިނިސްޓަރު ޚާލިދު ޝްވާނީ އެވެ. އޭނާ ވިދާޅުވަނީ ގާނޫނެއް ފާސްކޮށްގެން ވާނުވާ މައްސަލަ ހައްލު ކޮށްފައި ވަނީ އިރާގްގެ ޖަލުތައް ތޮއްޖެހުން މަދުކޮށް އާބާދީގެ ނިސްބަތުން ޖަލު އާބާދީ މަދުކުރުމުގެ މަޝްރޫއެއްގެ ދަށުންނެވެ.
ގައުމުތަކުގައި ޖަލު އާބާދީ ހިސާބު ކުރަނީ ކޮންމެ ލައްކަ މީހަކަށް ކިތައް މީހުން ޖަލުގައި ތިބޭތޯ ބަލައިގެންނެވެ.
އިރާގްގެ 31 ޖަލެއްގައި 65 ހާސް މީހުން ބަންދުކޮށްފައި ވެއެވެ. ޚާލިދު ޝްވާނީ މަޤާމާ ހަވާލުވެ ވަޑައިގަތް އިރު ޖަލު ތޮތްޖެހުން އުޅުނީ 300 ޕަސެންޓްގައެވެ. އޭނާ ވަނީ އެ އަދަދު 200 ޕަސެންޓަށް ދަށް ކުރައްވާފައެވެ. އަދި އަމާޒަކީ ބައިނަލްއަޤްވާމީ މިންގަނޑާ އެއްވަރަށް 100 ޕަސެންޓަށް ދަށް ކުރުން ކަމަށް ވިދާޅުވެއެވެ.
އިރާގްގެ ޖަލުތައް ތޮއް ޖެހުން ހައްލުކޮށްފައި ވަނީ ގާނޫނު ހަދާ މަޖިލީހުގެ ސުންނީ މެމްބަރުން ބާރުއަޅައިގެންނެވެ. އެމީހުން ބުނެފައި ވަނީ ޓެރަރިޒަމް ބޮލުގައި އަޅުވައިގެން ގިނަ ބަޔަކު ޖަލަށް ލާފައިވާ ކަމަށެވެ.
އެއަށްފަހު އަފޫއާންމެއް ދިނުމަށް ގާނޫނެއް އެކުލަވާލައި ކޮމިޓީއަކުން ކޮންމެ މީހެއްގެ މައްސަލަ ވަކިން ބަލައި އަފޫއާންމުގެ ތެރެއަށް ގެންނަނީއެވެ.
ޝްވާނީ ވިދާޅުވަނީ ޖަނަވަރީ މަހު ފާސްކުރި ގާނޫނުގެ ދަށުން މިހާރުވެސް 2118 މީހުން މިނިވަންކޮށްފައި ވާނެ ކަމަށެވެ.



