ފޯޑު ކުންފުންނަށް ގެއްލުން ވަމުން ދަނީ

ކާރު އުފެއްދުމުގައި ރަސްކަން ކުރި އެމެރިކާގެ ފޯޑް މޯޓަރު ކުންފުނި އިން ވަނީ 2024 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރގެ ސާފު އާމްދަނީ 1.3 ބިލިއަން ޑޮލަރުން 471 މިލިއަން ޑޮލަރަށް ދަށްވެފައިވާކަމަށް ރިޕޯޓްކޮށްފިއެވެ. އެއީ 64 ޕަސެންޓްގެ ދަށް ވުމެކެވެ.

މިއީ އުފެއްދުންތެރިކަން ހުއްޓިގެން ދިއުމާއި އަދި ކުންފުނީގެ އިލެކްޓްރިކް ވެހިކަލް (އީވީ) ޔުނިޓް ކަމުގައިވާ ފޯޑް މޮޑެލް އީ އިން ލިބުނު ގެއްލުމުގެ ސަބަބުން އެކުންފުންޏަށް ދިމާވެފައިވާ ދަތި ހާލެކެވެ.

ފޯޑުގެ ޖުމްލަ އާމްދަނީ ވަނީ 42.8 ބިލިއަން ޑޮލަރުން 40.7 ބިލިއަން ޑޮލަރަށް ދަށްވެފައެވެ. ނަމަވެސް މިއީ އެނަލިސްޓުން އަންދާޒާކުރި 38.15 ބިލިއަން ޑޮލަރަށްވުރެ މަތީ އަދަދެކެވެ. އެކުންފުނީގެ ހިއްސާއަކަށް ޖެހޭ އާމްދަނީ 14 ސެންޓަށް އަރާފައިވާ އިރު، މިއީ ކޮންމެ ހިއްސާއަކަށް 2 ސެންޓުގެ ގެއްލުމެއް ލިބޭނެކަމެއް ކަމަށް ލަފާކުރެވެއެވެ.

ފޯޑު ކާރުގެ ހޯލްސޭލް ޑެލިވަރީތައް ވަނީ 971,000 ޔުނިޓަށް ދަށްވެފައެވެ. އެއީ 7 އިންސައްތައިގެ ދަށް ވުމެކެވެ.

ފޯޑް މޮޑެލް އީ އުފެއްދުމުންވެސް ވަނީ 849 މިލިއަން ޑޮލަރުގެ ގެއްލުމެއް ލިބިފައެވެ. ނަމަވެސް މިއީ ފާއިތުވި އަހަރު ލިބުނު 1.3 ބިލިއަން ޑޮލަރުގެ ގެއްލުމަށްވުރެ ކުޑަ އަދަދެކެވެ.

އެ ކުންފުނީގެ އިންޖީނު އެޅި އުޅަނދުފަހަރުގެ ޔުނިޓް ކަމުގައިވާ ފޯޑް ބްލޫގެ އާމްދަނީ ވެސް ވަނީ 89% އަށް ދަށްވެ، 96 މިލިއަން ޑޮލަރަށް ވެއްޓިފައެވެ.

ވިޔަފާރި ބޭނުމަށް ދުއްވާ އުޅަނދުފަހަރު އުފައްދާ ޔުނިޓް ކަމުގައިވާ ފޯޑް ޕްރޯ ގެ އާމްދަނީ ވެސް ވަނީ ކުރީ އަހަރު ލިބުނު 3 ބިލިއަން ޑޮލަރަށްވުރެ ދަށަށް ގޮސްފައެވެ.

މި ގެއްލުންތަކާ ހެދި އެ ކުންފުނިން ވަނީ 2025 ވަނަ އަހަރަށް ލަފާކޮށް ކުރިން ދީފައިވާ ލަފާތަކުގެ އަލީގައި ހިސާބުތައް އާންމު ކުރުން ވަގުތީގޮތުން ހުއްޓާލާފައެވެ.

އެގޮތަށް ހަމަޖެއްސީ، ޓްރަމްޕްގެ އިމްޕޯޓްކުރާ އުޅަނދުފަހަރާއި ސްޕެއަރ ޕާޓްސްތަކަށް ނަގާ 25% ޓެރިފްގެ ސަބަބުން 2.5 ބިލިއަން ޑޮލަރުގެ އަސަރެއް ކުރާނެ ކަމެއް ކަމުގައި ބެލެވިގެން އާމްދަނީ އިތުރަށްވެސް ދަށްވެދާނެ ކަމަށް ލަފާ ކުރެވޭތީއެވެ. ފޯޑުން އަމާޒުކުރަނީ ބާޒާރުގައި ދެމި އޮތުމަށްޓަކައި ޚަރަދު ކުޑަކޮށް އަގުތަކަށް ބަދަލުގެނަސް  1 ބިލިއަން ޑޮލަރު އާމްދަނީގެ ގޮތުގައި ހޯދާށެވެ.

ހިއްސާ ކުރައްވާ!